ެއިސްރާއީލްގެ ޓޭންކެއް -- ފޮޓޯ: އަލަޖަޒީރާ
ދުނިޔެ
10 Aug 2024 | 09:09
އެމެރިކާއިން އިސްރާއީލަށް 3.5 ބިލިއަން ޑޮލަރުގެ އިތުރު އަސްކަރީ އެހީ ދެނީ

އެމެރިކާއިން ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސަރުކާރަށް 3.5 ބިލިއަން ޑޮލަރުގެ އިތުރު އަސްކަރީ އެހީ ދޭން ނިންމައިފިއެވެ.

ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ހަނގުރާމައި ގައި އިސްރާއީލަށް އިތުރު 3.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައިފައިވާ ކަމަށާއި މި ފައިސާ ބޭނުންކުރެވޭނީ އެމެރިކާގައި އުފައްދާ އަސްކަރީ ހަތިޔާރާއި  އާލާތްތައް ގަތުމަށް ކަމަށް ޔުނައިޓެޑް ސްޓޭޓްސްގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނެއް ހުކުރު ދުވަހު ބުނެފައިވާގޮތުން، އިސްރާއީލަށް ބިލިއަން ޑޮލަރުގެ އަގުހުރި އަސްކަރީ އެހީ ދޭން ގަސްދުކުރާ ކަމުގެ މަޢުލޫމާތު ބުރާސްފަތި ދުވަހު ކޮންގްރެސްއަށް އަންގާފައިވާ ކަމަށާއި މި ފައިސާ ނެގޭނީ އޭޕްރީލް މަހު ކޮންގްރެސްއިން ފާސްކުރި 14.5 ބިލިއަން ޑޮލަރުގެ އިތުރު ފަންޑިންގ ބިލުންނެވެ. އަދި މިއީ އެމެރިކާއިން އިސްރާއީލަށް އަހަރަކު ދޭ 3 ބިލިއަން ޑޮލަރުގެ އިތުރުވުމެކެވެ

މި އިތުރު އެހީގެ ބައެއް ލިބޭނީ، އިސްރާއީލުގެ އަސްކަރީ ޔުނިޓަކަށެވެ. އެމެރިކާއިން ޔުނިޓުގެ ނަން ހާމަކޮށްފައި ނުވިޔަސް، އެއީ އިސްރާއީލުގެ "ނެޓްޒާ ޔެހުދާ" ބެޓަލިއަން ކަމަށް ބެލެވޭއިރު، މިއީ އާންމުކޮށް ވެސްޓް ބޭންކުގައި މަސައްކަތްކުރާ ބެޓަލިއަނެކެވެ. މި ޔުނިޓަކީ ވެސްޓް ބޭންކުގައި ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ޔުނިޓެކެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، މި ޔުނިޓަށް ދެވޭ އެހީ ހުއްޓުވުމަށް ނިންމާފައި ނުވާ ކަމަށާއި އެއީ މި ޔުނިޓުން ކޮށްފައިވާ ކަންތައްތައް ރަނގަޅުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާމެދު ހިތްހަމަޖެހޭތީކަމަށެވެ.

ވެސްޓް ބޭންކުގައި އޮކްޓޯބަރު 7 ކުން ފެށިގެން މިއަދާހަމައައް 500 އަށް ވުރެ ގިނަ މުސްލިމުން ޝަހީދު ކޮށްލާފައިވާއިރު މިގެ ތެރޭގައި 100 އަށް ވުރެގިނަ ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.