އިންޑިއާ-ލަންކާ ދެމެދުފެށި ފެރީގެ ހިދުމަތް---ފޮޓޯ: ޑެއިލީ މިރާ
ދުނިޔެ
18 Aug 2024 | 13:24
އިންޑިއާ-ސްރީލަންކާ ފެރީ ޚިދުމަތް އަލުން ފަށައިފި

މިދިޔަ އަހަރު ފަށައި، އެހެންނަމަވެސް ފަހުން ހުއްޓިފައި އޮތް އިންޑިއާ-ސްރީލަންކާ ފެރީ ޚިދުމަތް އަލުން ފަށައިފިއެވެ.

މި ޚިދުމަތް އަލުން ފެށުމަށް އިންޑިއާގެ ޗެންނާއީގެ ނަގަޕައްޓިނަމް ބަނދަރުން ފުރައިގެން ފެރީ ވަނީ ހުކުރު ދުވަހު ސްރީލަންކާގެ ޖަފްނާ ކައިރީގައި އޮންނަ ކަންކެސަންތުރާއީ އަށް ބަނދަރުކޮށްފައެވެ.

މިފެރީ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 4 ގަޑިއިރެވެ. ފުރަތަމަ ދަތުރުގައި 50 ފަސިންޖަރުން ބައިވެރިވިއިރު، ކަންކެސަންތުރާއީއިން ފެރީގައި އައި މީހުންނަށް މަރުހަބާ ވިދާޅުވީ ޖަފްނާގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްއެވެ.

ފެރީ ޚިދުމަތް ދިނުމަށް އިންޑިއާ ފަޅިން ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސުމަށް އެއް އަހަރު ދުވަހުގެ މުއްދަކަށް މަހަކު ފަންސަވީސް މިލިއަން ސްރީލަންކަން ރުޕީސްގެ އެހީ އިންޑިއާ ސަރުކާރުން ޚަރަދުކުރާނެކަމަށް ސްރީލަންކާ މިޑީއާއިންބުނެއެވެ. އަދި މިޚިދުމަތް ފެށުމަށް ބޭނުންވާ ފެންވަރަށް ކަންކެސަންތުރާއީ ބަންދަރު ތަރައްޤީކުރުމަށް އިންޑިއާއިން ސްރީލަންކާއަށް ހިލޭ އެހީގެ ގޮތުގައި 63.65 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދީފައިވެއެވެ.

ދެގައުމުގެ ސަރުކާރުންވެސް ދެކޭ ގޮތުގައި މި ފެރީ ޚިދުމަތާއެކު ދެޤައުމުގެ މެދުގައި ގުޅުން އިތުރަށް އާލާވެ، ސްރީލަންކާގެ ތަމަޅައިންނާއި އިންޑިއާގެ ތަމަޅައިންގެ މެދުގައި އޮންނަ ސަގާފީ އާއިލީ އަދި ދީނީ ގުޅުންތައް ވަރުގަދަވެގެންދާނެއެވެ.

ކޮޅުނބުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ފެރީ ޚިދުމަތާއި އަދި ޚިދުމަތް ދިނުމަށް ބޭނުންވާ އެހެން ކަންކަން ފުރިހަމަކުރުމަށް އިންޑިއާއިން ލަންކާއަށް ފޯރުކޮށްދޭ އެހީއަކީ ލަންކާގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އިންޑިއާއިން އެހީތެރިވެދޭން ވެފައިވާ ވައުދުގެ ދަށުން ދެމުން އަންނަ އެހީތެރިކަން ކަމަށެވެ.

މި ޚިދުމަތް އިތުރަށް ފުޅާކޮށް، ފެރީ ޚިދުމަތުގެ ނިޒާމުގެ ތެރެއަށް އިތުރު ބަނދަރުތައް އިތުރުކުރުމަށް ދެޤައުމުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ކޮމެންޓް
ދަރާރު
އިންޑިޔާގެ ރޭޕު ކުރުން ނުހުއްޓުވާ ފަގީރުންނަށް އެހީ ނުވަނީ ކީއްވެތަ ދެއްކުންތެރިކަމުގެ ގޮތުން މިކަހަލަ އެހީދީއުޅެނީ ކީއްވެ. އަމިއްލަ ގައުމުގަ ސްލަމް މީހުން ބަނޑުހައިހޫނުކަމުގަ އުޅޭއިރު އިންޑިޔާ ބޮޑުވަޒީރު އލާވެސްނުލާ
18 Aug 2024
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.