ވަޒީރު ސަޢީދު: ފޮަޓޯ/ އިކޮނަމިކް މިނިސްޓްރީ
ހަބަރު
28 Aug 2024 | 12:39
ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން 16 ބިލިޔަން ރުފިޔާ ސަލާމަތް ކުރެވިއްޖެ: ވަޒީރު ސަޢީދުު

ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއެކު 6 މަސް ދުވަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު މާލީ ގޮތުން ރާއްޖެ އޮތީ އިނދަޖައްސާލާފައިކަމަށާ، ދައުލަތާއި ސަރުކާރުގެ ކުންފުނި ތަކުގެވެސް ބޮޑު ދަރަންޏެއް އޮތް ކަމަށެވެ.

ފެނަކައިގައި އެބައޮތް، ނުދައްކާހުރި 3.2 ބިލިއަން ރުފިޔާ. ކްރެޑިޓަށް މަސައްކަތް ކުރުވާފައި ހުރި. އެ ފަރާތްތައް މިއަދު އެތިބީ ހަދާނެގޮތް ހުސްވެފައި.  

ވަޒީރު މުހައްމަދު ސަޢީދު

މީގެ އިތުރުން، މިދިޔަ ސަރުކާރުން ވަނީ 3 އަހަރު ތެރޭ 8 ބިލިއަން ރުފިޔާ ޗާޕުކޮށް ކުރަން ނުޖެހޭ އެތަކެއް ޚަރަދުތަކެއް ކޮށްފައި ކަމަށާ، ރާއްޖޭގައި މިދިޔަ 100 އަހަަރުންވެސް ނުއުފެއްދޭ ވަރުގެ ދަރަންޏެއް އެންމެ ފަސް އަހަރުތެރޭގައި އުފައްދާފައިވާކަމަށް ސަޢީދު ވުދާޅުވިއެވެ.

މިހުރިހާ ކަމަކާއެކުވެސް، އަދުގެ ސަރުކާރުން ނިމިދިޔަ 6 މަސް ދުވަހު އެޅި ފިޔަވަޅުތަކުން މިއަހަރު މިހާތަނަށް 16 ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވުއެވެ. 

“މިހުރިހާ ކަމަކާއެކުވެސް މި ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ މިހުރިހާ ޚަރަދު ކުޑަކުރުމެއްގެ ތެރެއިން އަރަނި އިނގޭތޯ، މާނައަކީ ސޭވް ކުރެވިއްޖެއޭ. އަދި ދަރަނި ދެއްކުމަށް އޮތް ސޮވެރިން ފަންޑުގައި މިހާރު 60 މިލިއަން ޑޮލަރު އެބަހުރި" 

ވަޒީރު މުހައްމަދު ސަޢީދު

ސަޢީދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދައްކަމުންދާ ދަރަންޏަކީ މިވީ ދުވަސްތަކުގެ ތެރޭގައި މި ސަރުކާރުން އުފެއްދި ދަރަންޏެއް ނޫން ކަމަށާއި، އެއީ ފާއިތުވި ސަރުކާރު ތަކުގެ ދަރަނި ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ރާއްޖެ ވައްޓާލު އަނދަވަޅަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވައްޓާނުލާނެ ކަމަށާ، އެފދަ ހާލަތަކަށް ދެވަނަ ފަހަރަށް ދިއުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ