ރިސޯޓް ތަރައްގީކުރާ ލިސްޓަށް އިތުރުކުރި ރަށް
ހަބަރު
29 Aug 2024 | 10:01
ރިސޯޓް ހެދުމަށް ހުޅުވާލި ރަށްތަކުގެ ލިސްޓަށް ބަދަލު ގެނެސްފި

ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލައި މިދިޔަ މެއި މަހު 30 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ރަށްތަކުގެ ލިސްޓަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބަދަލު ގެނެސްފިއެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު އިޢުލާން އިތުރު އިސްލާޙެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ އިޢުލާން ގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ރ. ޅާނބުގަލި އިތުރުކޮށްފައިވާކަމަށާ، އެ ލިސްޓުން ތިން ތަނެއް އުނިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ލިސްޓުން އުނިކުރި ތިން ތަނަކީ ވ. އަތޮޅުން ރިސޯޓު ހަދަން ކުއްޔަށް ކަނޑައެޅި ފަޅާއި، ޅ. ވިހަވަރު ފިނޮޅާއި، ލ. ހަންހުއްޓެ ކަމަށެވެ.

މި ލިސްޓާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން އެދޭ ކަމަށާއި އަދި ޕްރޮޕޯސަލް ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މި ގެނައި ބަދަލާއެކު އެ ލިސްޓުގައި މިހާރު ހިމަނާފައިވާ ތަންތަނަކީ:

- ހދ. ވައިކަރަމުރައިދޫ - 15 ހެކްޓަރުގެ ބިން

- ށ. ކުޑަޅައިމެންދޫ - 13.11 ހެކްޓަރުގެ ބިން

- ރ. ދިއްކުރެއްދޫ - 4.83 ހެކްޓަރުގެ ބިން

- ރ. ޅާނބުގަލި - 2.66 ހެކްޓަރު

- ޅ. ދިއްފުށި (ޅ. މައިދޫއާ އެކު) - 15.17+20.99 ހެކްޓަރު

- ޅ. ވިހަފަރުފިނޮޅު - 0.28 ހެކްޓަރު

- ކ. ހިއްމިއްޔާ ފަޅު - 712 ހެކްޓަރު

- ކ. އަތޮޅުގެ ފަޅެއް - 45 ހެކްޓަރު

- އއ. އަލިކޮއިރަށް - 1.47 ހެކްޓަރު

- ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު) - 6.96 އާއި 0.20 ހެކްޓަރ

- ތ. ރުއްތިބިރަށް - 8.41 ހެކްޓަރު

- ތ. ކަނިމީދޫ - 10 ހެކްޓަރު

- ލ. ކަށިދޫ - 3.11 ހެކްޓަރު

- ލ. ބޮޑުމުންޏަފުށި - 3.14 ހެކްޓަރު

- ލ. ހަންހުށި - 2.81 ހެކްޓަރު

- ގއ. ބޭރުމައުޑޫ - 3.08 ހެކްޓަރު

- ގދ. ކަޅެހުއްޓާ - 7.61 ހެކްޓަރު

ކޮމެންޓް
އަބްދުﷲ
އުނިކުރި ރަށްތައްވެސް ތި ލިސްޓްގަ އެބަ އުޅޭ
29 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ