ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން:ފޮޓޯ/ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ
ހަބަރު
29 Aug 2024 | 11:02
ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން ދުވަހެއް އުނިކުރަނީ!

ގައިދީން ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކީ އެ ގައިދީއެއްގެ ޖަލު ހުކުމުން އުނިވާނެ ދުވަހެއް ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ކ. މާފުށީގައި ގައިދީންގެ މަސައްކަތްވެސް ހިމަނައިގެން ތަރައްގީ ކޮށްފައިވާ “ދިވެހި ސަގާފީ ގޯތި” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ، ގައިދީން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުރިއަށްވުރެ ބޮޑަށް ގައުމިއްޔަތު ހިމެނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށެވެ. 

އެގޮތުން، ކޮމިޝަނަރ އޮފް ޕްރިސަންސްގެ އިސްނެންގެވުމާއެކު ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންނާއި ޖަލު ގައިދީންގެ މަސައްކަތުން ތަރައްގީ ކުރެވުނު ދިވެހި ސަގާފީ ގޯއްޗަކީ ރާއްޖޭގައި އެފަދައިން ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަން އިހްސާން ފާހަގަކުރެއްވުއެވެ. އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތުގެ ޕްލޭނެއްވެސް ސަރުކާރުގެ އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މިތަނުގައި ކުރެވޭ މަސައްކަތަކީ ގައިދީންނަށް ދަސްކޮށްދީގެން ދެމެހެއްޓެނިވި ގޮތެއްގައި ގައިދީން ވާނެ. އަދި އެ މަސައްކަތުގެ ތެރެއިން އާމްދަނީ ލިބި އެ އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ ލިބޭނެ ގޮތްތަކެއް  ހޯދުން.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން 

މިއާއެކު ވަޒީރު ވަނޫ މިކަމުގެ ތެރެއިން، ރައީސްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ އައު ސިޔާސަތެއް އިއުލާން ކުރައްވާފައެވެ. 

ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއެއް، އެއީ އިލެކްޓިރިކަލް އިންޖިނިއަރިންގެ ދާއިރާއިން ވިޔަސް، ރޭނުމުގެ ދާއިރާއިން ވިޔަސް، ސަގާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް، މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލުގެ ހުކުމުން އެއްދުވަސް ކެނޑިގެންދާނެ ދުވަހެއް 

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން 

އަިޚްސާން ވިދާޅުވީ، ގާނޫނު ތަކާއި ގަވާއިދު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެ މަސައްކަތް ހަރުދަނާ ގޮތެއްގައި ގެންދެވޭ އުސޫލުތަކެއް ކަރެކްޝަނަލް ސާވިސަސް އިން ވަރަށް އަވަހަށް ކަނޑައަޅުއްވައި، އެކަން ހުރިހާ ގައިދީންނަށްވެސް އަންގަވާނެ ކަމަށެވެ. 

އިހްސާން ވިދާޅުވީ، ރައީސް މުޢިއްޒުގެ ސިޔާސަތަކީ، ގައިދީން ޖަލުގައި ހޭދަކުރާ މުއްދަތުގައި، ކޮންމެވެސް މަސައްކަތެއް ދަސްކޮށް، އާމްދަނީ ހޯދޭނެ މަގެއް އެ މީހުންނަށް ހީދައިދީ، މުޖުތަމަޢުއަށް އަވަހަށް ނުކުމެވޭނެ މީހަކަށް ހެދުން ކަމަށެވެ.

އެހެންކަމުން ކަމުން، ޖަލުތަކުގައި މީހުން ގިނަ ދުވަހު ބަންދު ކުރުމުގެ ބަދަލުގައި، ޖަލަށް ވެއްދުމާއެކު، އެމީހާ އިސްލާހު ކުރުމުގެ މަސައްކަތް ފަށައި، ދަސްކުރަން ޖެހޭ ކަންކަން ދަސްކޮށްދީ، މުޖުތަމަޢުއަށް ބޭނުންތެރި މީހަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ރައީސް މުޢިއްޒުގެވެސް އެދިލެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ