ރިޔާސީ ބަހުސްގައި ޓްރަމްޕް އާއި ކަމަލާ ހެރިސް:ފޮޓޯ/ ރޮއިޓާސް
ދުނިޔެ
13 Sep 2024 | 10:52
އިންތިޚާބުގެ ކުރިން ކަމަލާ ހެރިސްއާއެކު އިތުރު ބަހުސެއްގައި ބައިވެރިނުވާނަން: ޓްރަމްޕު

އަންނަ ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން، އޭނާގެ ވާދަވެރިޔާ ކަމަލާ ހެރިސްއާއެކު އިތުރު ބަހުސެއްގައި ބައިވެރިނުވާނެކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ރިޔާސީ ބަހުސް ދެ ކެންޑިޑޭޓުންގް މެދުގައި ބާއްވާފައިވާއިރު، ބަހުސާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިއްޔެ ޓްރަމްޕް ބުނީ، ފިލަޑެލްފިޔާގައި ބޭއްވުނު ފުރަތަމަ ބަހުސުގައި އޭނާއަށް ކާމިޔާބީ ލިބިފައިވާކަން "ސާފުކޮށް" ފެންނާތީ، ހެރިސް އިތުރު ބަހުސަކަށް އެދޭ ކަމަށެވެ.

އަދި ހެރިސް ހުންނެވި، ނާއިބު ރައީސާ ކަމުގެ މަޤާމުގެ މަސްއޫލިއްޔަތު ތަކަށް "ފޯކަސް" ކުރަންޖެހޭ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް މިހެން ބުނެފައިވާއިރު، އަންގާރަ ދުވަހުގެ ބަހުސަށްފަހު ނެގުނު ޕޯލް ތަކުން ދައްކާގޮތުގައި، ވޯޓު ދޭ މީހުންނަށް ޤަބޫލުކުރެވުނީ ހެރިސް އޭނާގެ ވާދަވެރިޔާއަށްވުރެ ރަނގަޅަށް ބަހުސްގައި ބައިވެރިވި ކަމަށެވެ.

މި ބަޔާނަށް ޖަވާބުދެމުން، ނޯތު ކެރޮލައިނާގައި ބޭއްވުނު ކެމްޕޭން ރެލީއެއްގައި ހެރިސް ބުނީ އިތުރު ބަހުސެއް ބޭއްވުމަކީ ވޯޓުދޭ ފަރާތްތަކަށް އެ ދެ ކެންޑިޑޭޓުން "ކޮށްދޭންޖެހޭ" ކަމެއް ކަމަށެވެ.

އޭބީސީ ނިއުސްއިން ގެނެސްދިން 90 މިނެޓުގެ ބަހުސަށްފަހު ދެ ކެންޑިޑޭޓުންވެސް ވަނީ އެ ބަހުސް ކާމިޔާބުކުރިި ކަމަށް ބުނެފައެވެ. މި ބަހުސްގައި ހެރިސް ވަނީ ޓްރަމްޕްގެ ރެލީތަކުގެ ޖަމާއަތުގެ ބޮޑުމިނާއި 2021 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު ޔޫއެސް ކެޕިޓަލްގައި ހިނގި ހަމަނުޖެހުމުގައި ޓްރަމްޕްގެ ޢަމަލުތަކާ ބެހޭގޮތުން ވާހަކަދައްކައި ޓްރަމްޕަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އޭގެ ސަބަބުން، ޓްރަމްޕާއި އޭނާގެ ތާއީދުކުރާ ފަރާތްތަކުން ވަނީ ބަހުސް މޮޑަރޭޓްކުރި އޭބީސީގެ ދެ ނޫސްވެރިން ހެރިސްއަށް ފަަހިވާގޮތަށް ހަމަހަމަކަން ގެއްލޭ ގޮތަށް ޢަމަލުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

އިންތިޚާބަށް އަދި ދެ މަސް ދުވަސް ބާކީ އޮތް އިރު، މިހާތަނަށް ނެގިފައިވާ ޕޯލްތަކުން ދައްކާ ގޮތުގައި ދެ ކެންޑިޑޭޓުންގެ މެދުގައި ވަރަށް ބޮޑު ވާދައެއް އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ