ތޫފާން ފެންގަލްގެ އަސަރުކޮށް މަގެއްގައި ފެންބޮޑުވެފައި-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
02 Dec 2024 | 13:05
ތޫފާން ފެންގަލް: އިންޑިއާއާއި ސްރީލަންކާގައި 19 މަރު!

ބެންގާލު ކަނޑުގައި އުފެދުނު ތޫފާން ފެންގަލްގެ ސަބަބުން އިންޑިޔާ އާއި ސްރީލަންކާގައި 19 މީހުން މަރުވެއްޖެއެވެ.

ރޮއިޓާސް ނޫސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި މި ސައިކްލޯން ހޮނިހިރު ދުވަހު އިންޑިޔާގެ ދެކުނު ސަރަޙައްދަށް އަމާޒުވެ، ތަމިލްނާޑޫ ސްޓޭޓާއި ޕުދުޗެރީ ސަރަޙައްދުގައި ވަނީ ފެންބޮޑުވެފައެވެ.

އިންޑިޔާގެ މޫސުމާބެހޭ އޮފީހުން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި ޕުދުޗެރީގައި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި ވާރޭ ނުވެހޭވަރަށް މިތޫފާނުގައި ވަނީ ވެހިފައެވެ. އަދި ފެންގަލް ގެ ސަބަބުން  ދެކުނުގެ ސިޓީ ޗެންނައިގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ރިޕޯޓްކުރެއެވެ.

ތޫފާނާއި ގުޅިގެން ޗެންނައިން ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށްފަހު ވައިގެ ދަތުރުތައް އަލުން ފަށާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ވަރުގަދަ ވައި އާއި ބޯކޮށް ވެހޭ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، މީހުން ސަލާމަތްކުރުމަށް އޮޑިދޯނިފަހަރު ބޭނުންކުރާ މަންޒަރު ފެނިގެންދާއިރު، އިންޑިއާގެ ސިފައިން ވަނީ ތޫފާނުގެ އަސަރު ކުރި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް ޕުދުޗެރީގައި އިމަޖެންސީ އެހީތެރިކަމުގެ މަސައްކަތްތައް ކުރަމުންނެވެ. 

ފެންގަލްގެ ސަަބުން ސްރީލަންކާގައި 16 މީހުން މަރުވެފައިވާއިރު، ކޮލަންބޯގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 138,944 ޢާއިލާއަށް ތޫފާނުގެ އަސަރުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.