އެމެރިކާއިން ޑީޕޯޓް ކުރުމަށް ނިންމާފައިވާ ބަދަރު ޚާން ސޫރީ: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
20 Mar 2025 | 11:12
ފަލަސްޠީނަށް ތާއީދުކުރާ އިންޑިޔާގެ ދަރިވަރެއް އެމެރިކާއިން ޑިޕޯޓްކުރުމަށް ހައްޔަރުކޮށްފި!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިމިގްރޭޝަން ހަރުކަށި ސިޔާސަތުގެ ދަށުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމާ ދެކޮޅަށް އަޑުއުފުލާފައިވާ އިންޑިއާގެ ދަރިވަރަކު އެގައުމުން ޑީޕޯޓްކޮށްލުމަށް ހައްޔަރުކޮށްފިއެވެ.

ވޮޝިންގްޓަން ޑީސީގައި ހުންނަ ޖޯޖްޓައުން ޔުނިވަރސިޓީގެ ޕޯސްޓްޑޮކްޓޯރަލް ދަރިވަރެއް ކަމަށްވާ ބަދަރު ޚާން ސޫރީ ޑިޕޯޓް ކުރަން ނިންމާފައިވަނީ "ހަމާސްގެ ޕްރޮޕެގެންޑާ ފަތުރައި، އެންޓިސެމިޓިޒަމް ކުރިއެރުވުމަށް" ސޯޝަލް މީޑިއާގައި މަސައްކަތްކޮށްފައިވާ ކަމަށް ބުނެއެވެ. މިކަން ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ ޓްރިޝިއާ މެކްލޯލިން ވަނީ ބުދަ ދުވަހު ހާމަކޮށްފައެވެ.

"ސޫރީއަކީ ހަމާސްގެ ސީނިއަރ އެޑްވައިޒަރެއް އަދި، ޓެރަރިޒަމްއާ ގުޅުންހުރި މީހަކާ ގާތް ގުޅުމެއް އޮތް މީހެއް،" މެކްލޯލިން ވަނީ އެކްސްގައި ބުނެފައެވެ.

މެކްލޯލިން މިހެން ބުނި ނަމަވެސް، ސޫރީއާއި ހަމާސްއާ ދެމެދު ގުޅުމެއް އޮތްކަމުގެ ހެއްކެއް އޭނާ ހުށަހަޅާފައެއް ނުވެއެވެ.

ސޫރީ މިހާރު ހުރީ ލުއިޒިއާނާގެ އެލެގްޒެންޑްރިއާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓްގެ ބަންދު މަރުކަޒެއްގައި ކަމަށް އައިސީއީގެ އޮންލައިން ޑިޓެންޝަން ލޮކޭޓަރއިން ދައްކައެވެ.

ސޫރީގެ ވަކީލު އަޙްމަދު ޙަސަން ވަނީ ބުދަ ދުވަހު އޭނާ ދޫކޮށްލުމަށް އެދި ވަރޖީނިއާގެ އީސްޓަން ޑިސްޓްރިކްޓް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ސޫރީގެ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓެއްގައި އިސްރާއީލާ ދެކޮޅަށް އަދި ފަލަސްޠީނަށް ތާއީދުކޮށް ގިނަ ޕޯސްޓުތަކެއް ކޮށްފައިވެއެވެ.

ސޫރީގެ ހައްޔަރުކޮށއފައި މިވަނީ، ޓްރަމްޕްގެ ސަރުކާރުން ކޮލަމްބިއާ ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ މަޙްމޫދު ޚަލީލް، ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި އިހުތިޖާޖުތަކުގައި ބައިވެރިވި ކަމަށް ބުނެ ހައްޔަރުކުރިތާ ދެ ހަފްތާއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައެވެ.

ބުދަ ދުވަހު ފެޑެރަލް ކޯޓަކުން ވަނީ ޚަލީލް އަނބުރާ ފޮނުވާލުމަށް ޓްރަމްޕް އިދާރާއިން ނެރުނު އަމުރާ ދެކޮޅަށް ޤާނޫނީ ގޮތުން ޗެލެންޖްކުރުމުގެ ފުރުޞަތު ދީފައެވެ. ޚަލީލްއަކީ އެމެރިކާގައި ދާއިމީ ރެސިޑެންޓެއްގެ ގޮތުގައި ދިރިއުޅެމުންދާ މީހެކެވެ.

ޖަޖް ޖެސީ ފަރމަން ވަނީ ޚަލީލް އަނބުރާ ފޮނުވާލުމަކީ އެމެރިކާގެ ޤާނޫނު އަސާސީގެ ދަށުން އޭނާއަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޑިއު ޕްރޮސެސްގެ ޙައްޤުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ވާހަކަތަކަކީ "ފަރުވާތެރިކަމާއެކު ބަލަންޖެހޭ" ކަންކަން ކަމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.