14 May 2019 | 05:56
މައުމޫންގެ ފުރަތަމަ އިޙްޔާ ފޯރަމް ޙައްސާސީ މަޢުލޫއަކަށް!

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައުމޫން ފައުންޑޭޝަނުން ރޯދަ މަހުގެ ރޭތައް އިހްޔާ ފްރޮގްރާމް އެއްއަހަރުގެ މެދު ކެނޑުމަކަށްފަހު މިރޭ ފެށޭނެކަން ވަނީ އެ ފައުންޑޭޝަނުން ޢިއުލާންކޮށްފައެވެ.

ދީނީ މައުލޫމާތު ދިނުމަށް ބާއްވާ މި ފޯރަމަކީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސް ވަރު ފެއްޓެވި ގޮތަށް ވެރިކަމުން ފައިބައިވަޑައިގެންވެސް އަމިއްލަފުޅު ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ފޯރަމްއެކެވެ.

އެގޮތުން މިރޭ ބާއްވާ މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމްގައި އެމަނުކުފާނު ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވަނީ "ހައްސާސީ" މަޢުލޫއަކަށެވެ.

އެ ފައުންޑޭޝަނުން މައުލޫމާތު ދެއްވާގޮތުގައި މިރޭ ރައީސް މައުމޫން ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާ މަޢުލޫއަކީ އިސްލާމްދީނާއި ޖިހާދެވެ.

ރާއްޖެއިން ގިނަ އަދަދަކަށް ދިވެހިން ސީރިއާގެ ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔުމާއެކު ޖިހާދާ ބެހޭ ބަހުސްތައް ދަނީ އެކި ސިފަ ސިފާގައި ކުރެވެމުންނެވެ. ނަމަވެސް މިހާތަނަށް ވެސް ސަރުކާރު އަދި އިސްލާމިކް މިނިސްޓްރީ ވެސް ޖިހާދާ ބެހޭގޮތުން ތަފްސީލީ ނަޒަރަކުން ވާހަކަ ދައްކާފައި ނުވެއެވެ.

އަދި ދީނީ ދަރުސްތަކާއި ހުކުރު ހުތުބާގައި ޖިހާދާ ބެހޭގޮތުން ވާހަކަ ނުދައްކާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން މިވާހަކަ ދެއްކުމަށް ފަސްޖެހެނީ ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.

އެހެންކަމުން މިރޭ ބާއްވާ އިހްޔާ ފޯރަމަކީ އަލްއަޒްހަރުން ދީނީ ތައުލީމް ހާސިލް ކުރައްވާފައިވާ ރައީސް މަޢުމޫން ދެއްވާ މިއަދުގެ ހާލަތަށް ބަލައި އިލްމީގޮތުން ވަރަށް ބޭނުންތެރި ދަރުހަކަށް ވެގެންދާނެއެވެ.

މިރޭގެ ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިރޭ 10:00 ޖަހާއިރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.
16 Sep 2026
ގެއަށް ރަނގަޅީ ހުދު ލައިޓުތޯ ރީނދޫ ލައިޓުތޯ؟
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ހޫނު ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ ތޫނު އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ހޫނު ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.