ފެތުރީ ދޮގެއް، ކުނިވަސް ދުވީ މަރުވެފައި އޮތް ބުޅަލަކުން

ހުޅުމާލެ ދެ ފޭސް ގުޅުނު ހިސާބު

ހުޅުމާލެ ދެ ފޭސް ގުޅޭ ހިސާބުގައި ވަރަށް ނުބައި ވަހެއް ދުވީ ބުޅަލެއް ކުނިވެެގެން ކަމަށް ފުލުހުން ބުނެފި އެވެ.

ނިރޮޅުމަގުން ހުޅުމާލެ ފޭސް ދެއަކަށް އަރާ ހިސާބު ބީޗް ސަރަހައްދުގައި ކުނި ވަސް ދުވާ ކަމުގެ ރިޕޯޓެއް ލިބުމުން ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.

މި މައްސަލައިގެ ރިޕޯޓް ލިބުނީ މިއަދު 5:19 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެއީ ބުޅަލެއް ކުނިވެެގެން ދުވި ވަހެއްކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މި ކަމާއި ގުޅިގެން ތަފާތު ވާހަކަތައް ފެތުރުނެވެ. އެ ވަސް ދުވީ ދުވަސްނުފުރާ ވިހެއި ކުއްޖަކު އެ ސަރަހައްދަށް އެއްލާލާފައި އޮތުމުން ކަމަށް ބުނެ ބައެއް މީހުން ވާާހަކަ ފެތުރި އެވެ.

ކޮމެންޓް