ކޮލަމްބޯ ޑޮކްޔާޑް. ފޮޓޯ/ ޑެއިލީ މިރޯ--
ދުނިޔެ
30 Jun 2025 | 14:40
އިންޑިއާގެ ކުންފުންޏަކުން ކޮލަމްބޯ ޑޮކްޔާޑުގެ މެޖޯރިޓީ ހިއްސާ ގަނެފި

އިންޑިއާގެ މަޒާގޮން ޑޮކް ޝިޕްބިލްޑާސް ލިމިޓެޑު ކުންފުނިން ސްރީލަންކާގެ ކޮލަމްބޯ ޑޮކްޔާޑުގެ ކޮންޓްރޯލިން ހިއްސާ 52.96 މިލިއަން ޑޮލަރަށް ގަނެފިއެވެ.

މިކަން ކޮލަމްބޯ ޑޮކްޔާޑުންވެސް މިހާރު ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. މިކަމުގެ އެއްބަސްވުމުގައި ކޮލަމްބޯ ޑޮކްޔާޑުން އިންޑިއާގެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިހިގާ ޖޫންމަހުގެ 27 ވަނަ ދުވަހުކަމަށް ލަންކާގެ ނޫސްތަކުން ވަނީ ބުނެފައެވެ. މި އެއްބަސްވުމަށް ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުންވެސް ވަނީ ރުހުން ދީފައެވެ. 

މަޒާގޮން ޑޮކް ޝިޕްބިލްޑާސްއިން ކޮލަމްބޯ ޑޮކްޔާޑުގެ މެޖޯރިޓީ ހިއްސާ ގަނެފައިވާއިރު، މީގެ ކުރިން އެ ހިއްސާ ކޮންޓްރޯލްކުރަމުން އައިސްފައިވަނީީ ޖަޕާނުގެ އޮނޮމިޗީ ޑޮކްޔާޑް ކޯ ލިމިޓެޑުންނެވެ. އެއްބަސްވުމާ ގުޅޭގޮތުން މަޒާގޮން ޑޮކް ކުންފުނިން ބުނެފައިވަނީ، ކުރިއަށްއޮތްތަނުގައި ކޮލަމްބޯ ޑޮކްޔާޑް ފެނިގެންދާނީ މިހާރަށްވުރެ ފުރިހަމަ ޑޮކްޔާޑެއްގެ ގޮތުގައެވެ. އިންޑިއާގެ މަޒާގޮން ޑޮކް ޝިޕްބިލްޑާސް ލިމިޓެޑަކީ އެޤައުމުގެ ސަރުކާރުގެ ކުންފުންޏެކެވެ. އިންޑިއާގެ އަސްކަރިއްޔާގައި ހިމެނޭ ނޭވީ އުޅަނދުތައްކަމަށްވާ ސަބްމެރިނާއި، މަނަވަރުތަކާއި އެނޫންވެސް އުޅަނދުތައް ބަނދެ މަރާމާތު ކޮށް ބެލެހެއްޓުމުގެ ކަންކަން ކުރަމުންގެންދަނީވެސް މަޒާގޮން ޑޮކް ޝިޕްބިލްޑާސް އިންނެވެ.

ކޮލަމްބޯ ޑޮކްޔާޑް ވުޖޫދަށް އައިސްފައިވަނީ 1974 ވަނަ އަހަރެވެ. ކޮލަމްބޯ ޑޮކްޔާޑަކީ އެ ޤައުމުގެ އެންމެބޮޑު އެއް ޑޮކްޔާޑެވެ. އިންޑިއާއިން ކޮލަމްބޯ ޑޮކްޔާޑުގެ މެޖޯރިޓީ ހިއްސާ ގަނެފައިވާއިރު، ހަމްބަންޓޯޓާ ޕޯޓް ކޮންޓްރޯލްކުރަނީ ޗައިނާ ސަރުކާރުގެ ކުންފުންޏަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.