ތަކަންދޫ ގޭގެ ފާރުން ބައެއް ވެއްޓިފައި: މިއީ ބޮޑު އިހުމާލެއްގެ ނަތީޖާ
ހަބަރު
22 Jul 2025 | 22:45
ބައެއްގެ އިހުމާލުން މ. ތަކަންދޫ، ފާރުން ބޮޑު ބައެއް ވެއްޓި ވަރަށް ގެއްލުން ވެއްޖެ

ބައެއްގެ އިހުމާލުން ގެއެއްގެ ފާރުން ބޮޑު ބައެއް ވެއްޓި ވަރަށް ގެއްލުން ވެއްޖެ އެވެ.

ހަދަމުން ދިޔަ އިމާރާތެއްގައި މަސައްކަތް ކުރި ގޮތުން ޖެހިގެން ހުރި ގޭގެ ފާރުން ބޮޑު ބައެއް ވެއްޓިފައި ވަނީ މިއަދު އެވެ. ހަދަމުން ދިޔައީ މ. ހަވާއީ އެވެ. ފާރު ވެއްޓި ގެއްލުންވީ ޖެހިގެން ހުރި މ. ތަކަންދޫ ގެއަށެވެ.

ތަކަންދޫ ގޭގެ ފާރުން ބައެއް ވެއްޓިފައި: މިއީ ބޮޑު އިހުމާލެއްގެ ނަތީޖާ

މީހުން ދިރިއުޅޭ އެ ގޭގެ ފާރުން ބޮޑު ބައެއް ވެއްޓި އެ ގޭގައި ދިރިއުޅޭ މީހުންނަށް ވަނީ އެ ތަނުން ނިކުންނަން މަޖުބޫރުވެފަ އެވެ. 

ތަކަންދޫ ގޭގެ ފާރުން ބައެއް ވެއްޓިފައި: މިއީ ބޮޑު އިހުމާލެއްގެ ނަތީޖާ

އެ ގޭގެ ވެރި ފަރާތުން ބުނީ މިއަދުގެ ހާދިސާ ހިނގީ ހަވާއީ ހަދަމުންދާ މީހުންގެ ބޮޑު އިހުމާލަކުން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރާތީ އެފަދަ ހާދިސާއެއް ހިނގާފާނެތީ އެ މީހުންނާއި އެތައް ފަހަރަކު ވާހަކަ ދައްކާފައިވާ ކަމަށެވެ.

ތަކަންދޫ ގޭގެ ފާރުން ބައެއް ވެއްޓިފައި: މިއީ ބޮޑު އިހުމާލެއްގެ ނަތީޖާ

އެކަން ފުލުހުންނާއި މާލެ ސިޓީ ކައުންސިލްގެ ސަމާލު ކަމަށް ވެސް އެ ގޭގެ ވެރީން އެތައް ފަހަރަކު ގެނަ އެވެ. ހިތާމަވެރި އަަދި ގެއްލުން ބޮޑު މި ހާދިސާ މިއަދު ހިނގީ އެ ދެ މުއައްސަސާއިން އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަަޅާފައި ނުވަނީހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.