ކުރީގެ ރައީސް މުހައްމަދު ނަޝީދު --
ހަބަރު
23 Jul 2025 | 15:35
އިންޑިއާގެ އެހީ ނުލިބޭނަމަ ރާއްޖެ އޮންނާނީ ބަނގުރޫޓް ވެފައި: ނަޝީދު

އަވައްޓެރި އިންޑިއާ އިން ރާއްޖެއަށް އެހީނުވާނަމަ ރާއްޖެ އޮންނާނީ ބަނގުރޫޓް ވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ އޭޝިއަން ނިއުސް އިންޓަނޭޝަނަލަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ވެވޭ އިގްތިސާދީ ބައެއް މުހިންމު އެއްބަސްވުންތަކާއިމެދު ސުވާލު ކުރުމުން ނަޝީދު ވަނީ އެކަމުގެ މުހިންމުކަން ފާހަގަ ކުރައްވާ އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވާފަ އެވެ.

އިންޑިއާއާ ވާދަވެރި ޗައިނާއަށް އަބަދުވެސް ތުހުމަތުތައް ކުރުމާއެކު ފާޑުވިދާޅުވާ އަދި އިންޑިއާގެ ދިފާއުގައި އަބަދުވެސް ވާހަކަ ދައްކަވާ ނަޝީދު ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ރާއްޖޭގެ ހަގީގީ އެކުވެރި އެކެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އެންމެ ބޭނުން ވަގުތު އެންމެ މުހިންމު އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމުގައި ވިދާޅުވި އެވެ.

އަދި ރާއްޖެ ބަނގުރޫޓް ނުވެ އޮތުމުގެ ސަބަބަކީ އިންޑިއާގެ އެހީތެރިކަން ކަމުގައި ވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި އިންޑިއާގެ އެހީތެރި ނުވާނަމަ ރާއްޖެ މިހާރު އޮންނާނީ ބަނގުރޫޓުވެފައި. އިންޑިއާގެ އެހީތެރިކަން ދިވެހީން އަބަދުވެސް ބަލައިގަނޭ އެކަމުގެ އަގު ވަޒަން ކުރޭ" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ނަޝީދު ވިދާޅުވީ އެ ގައުމުން ގެންދަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރި ކަމަށް ހާއްސަ އިސްކަމެއް ދިނުމުގެ އިތުރުން އަވައްޓެރި ހުރިހާ ގައުމުތަކަށް ވެސް އެހީތެރިވަމުން ކަމަށެވެ. އިންޑިއާ އަކީ މިވަގުތު އެންމެ ފުޅާ އަދި އެންމެ ހަލުވި އިގްތިސާދު އޮތް ގައުމުކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެ ގައުމުގެ ވިސްނުމަކީ ގުޅިގެން ކުރިއަށް ދިއުން ކަމަށެވެ.

ކޮމެންޓް
އައްޓަމަސް
ތީ އަމިއްލައަށް ހީވާ ވަހުމެއް، އިންޑިޔާވެސް ދުނިޔޭގެ އެހެން ގަވްމުތަކުގެ އެހީނުލިބި އަމިއްލަ އައްތަ އުޅެނީ، ތީ ހިޔަންޏަށްމުޑިނަގާ ސިންގާއެއް އަވާމެންދުރު ނުދެކި ގޭގައި އޮވެބަލަ
23 Jul 2025
ގުޅޭ ލިޔުންތައް
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.