އައިއޭސީގެ އެހީގައި ގައްޒާއަށް އެހީ ހިފައިގެންދިޔަ ޓްރަކެއް.. ފޮޓޯ: އައިއޭސީ
ހަބަރު
27 Jul 2025 | 15:40
ހަމަލާތައް މެދުކަނޑާލުމާއެކު ޢައްޒާއަށް އެހީގެ ޓްރެކްތައް ވެއްދުމުގެ މަސައްކަތް ފަށައިފި

އިސްރާއީލުގެ ފަލަސްތީނުގެ ޢައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމާއެކު މިސްރުމަގުން އެހީގެ ޓްރަކްތައް ވެއްދުމުގެ މަސައްކަތް އެހީދޭ ފަރާތްތަކުން ފަށައިފިއެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުގެ އޮފިޝަލަކު ވަނީ އިސްރާއީލްގެ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލުމާ ގުޅިގެން އެހީގެ ޓްރަކްތައް ޢައްޒާއަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. އިސްރާއީލުން ވަނީ 12 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލިކަމަށް ބުނެފައެވެ.

އޮފިޝަލް ވިދާޅުވީ ހަމަލާތައް މެދުކަނޑާލިކަމުގެ މައުލޫމާތު ލިބުމާއެކު ހެނދުނު ހެނދުނާ ޓްރަކްތައް ޢައްޒާއަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން އެހީގެ 14 ޓްރަކެއް މިހާރު އުރުދުންކޮޅުން ޢައްޒާއަށް ފޮނުވާލާފައިވާކަމަށާއި، އެ ޓްރަކްތައް މިހާރު ބޯޑަރު ހުރަސްކޮށް ވަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައިއޭސީއާ އެކު މަސައްކަތްކުރާ ކޯލިޝަނުގެ 130 ޓްރަކް ޢައްޒާތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މީގެ ތެރެއިން 10 ޓްރަކަކީ ދިވެހިންގެ އެހީގައި ފޮނުވާ ޓްރަކްތައްކަމަށްވެސް އޮފިޝަލް ފާހަގަކުރިއެވެ.

އިސްރާއީލުން މިއަދު ނިންމާފައިވަނީ ކޮންމެ ދުވަހަކުވެސް ވަކި ވަގުތުތަކެއްގައި އެހީގެ ޓްރަކްތައް ޢައްޒާއަށް ވެއްދުމުެގ ފުރުސަތު ދިނުމަށެވެ. ނަމަވެސް އެ ޓްރަކްތަކަށް ވަދެވެނީ އިސްރާއީލް ސިފައިން ވަރަށްބޮޑަށް ބަލައި ފާސްކުރުމަށްފަހުއެވެ. 

އިސްރާއީލުން ޢައްޒާއަށް އެހީގެ ޓްރަކްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ އެސިޓީގައި ދިރިއުޅެމުންދާ ރައްޔިތުން ކާނެއެއްޗެއް ނުލިބި ބަނޑަށް މަރުވާން ފެށުމުންކަމަށް އިންސާނީ އެހީތެރިކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަމުންދާތާ ދުވަސްތަކެއްފަހުންްްނެވެ. މި މައްސަލާގައި އިސްރާއީލް ސަރުކާރަށް ވަނީ ވަރަށްބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.