ބޯޓުތަކުން ބޭލި ފިޔާބަސްތާ.. ފޮޓޯ: އެމްޕީއެލް
ހަބަރު
30 Jul 2025 | 12:36
ބޯޓުތަކުން 5 ހާސް ބަސްތާއާ ގާތްކުރާ އަދަދަކަށް ފިޔާ ބާލައިފި

މާލޭ ވިޔަފާރިބަނދަރުގައި އޮތް ބޯޓުތަކުން އިއްޔެއިން ފެށިގެން މިހާތަނަށް 4720 ބަސްތާ ފިޔާ ބާލާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ، އެމްޕީއެލުން ބުނެފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުތަކުން ފިޔާ ބޭލުން ލަސްވުމުގެ ސަބަބުންކަމަށް ބުނެ، ބާޒާރުމަތިން ފިޔާ ހުސްވެފައިވާކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. 

ބާޒާރުގައި ފިޔާލިބުން ދަތިވެ، ފިޔާގެ އަގު އުފުލިފައިވަނިކޮށް އެމްޕީއެލުން މިއަދު ބުނީ އިއްޔެއިން ފެށިގެން މިހާތަނަށް 4720 ބަސްތާގެ ފިޔާ ބޯޓުތަކުން ބާލައި ގުދަނަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން ވިޔަފާރި ބަނދަރުގައި އޮތް 3 ބޯޓަކުން ކޮންމެހެން ބޭނުންވާ މުދާ ބޭލިއިރު އޭގެ ތެރޭގައި ފިޔާ ހިމެނޭކަން އެމްޕީއެލުން ފާހަގަކުރިއެވެ. އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޫސުން ތަންދޭ ވަރަކުން ބޯޓުން މުދާ ބޭލުމުގެ ކަންކަން ކުރިއަށްގެންދާކަމަށެވެ.

އެމްޕީއެލް ގުދަނުގައި މިއަދު ބޭލި ފިޔާ ބަސްތާތަކެއް... ފޮޓޯ: އެމްޕީއެލް

ބޯޓުތަކުން ފިޔާބަސްތާ ބޭލުމަށްފަހު އެމްޕީއެލް ގުދަނުން ނެރެ ވިޔަފާރިކުރާ ފަރާތްތަކަށް އެތަކެތި ސަޕްލައިކުރުމަކީ ތަކެތި އެތެރެކުރާ ފަރާތްތަކުގެ ޒިންމާއެކެވެ. 

ބާޒާރުމަތީ ފިހާރަތަކުން ބުނީ މެންދުރުފަހުން ފިޔާ ލިބޭނޭކަމުގެ އުއްމީދުބޮޑުކަމަށެވެ. ބާޒާރުން ފިޔާ ހުސްވުމާއެކު، ފިހާރަތަކުން ވަނީ ފިޔާގެ އަގު ބޮޑުކޮށް ވިއްކަން ފަށާފައެވެ. އެގޮތުން ހުޅުމާލޭ ފޭސް އެކެއްގެ މާރުކޭޓުން މިއަދު ފިޔާ ކިލޯއެއް 75 ރުފިޔާއަށް ވިއްކަމުންދާަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް އިއުތިރާފުވެއްޖެ
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.