ހުޅުމާލޭ ސުޕަމާކެޓެއްގައި މިއަދު ވިއްކަން ހުރި ފިޔާތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
31 Jul 2025 | 12:21
ފިޔާ ކިލޯއެއްގެ އަގު 18 ރުފިޔާއަށް ތިރިވެއްޖެ

މާލޭ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ރެކޯޑް މިންވަރަކަށް އުފުލުމަށްފަހު، މިއަދު ބާޒާރުގައި ފިޔާގެ އަގު ދަށަށް ހިނގައްޖެއެވެ.

މޫސުން ގޯސްވެ، ބޯޓުފަހަރުން މުދާ ބޭލުމަށް ހުރަސްތަކެއް ކުރިމަތިވެ، ބާޒާރަށް ނުލިބުމުން މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ފިޔާގެ އަގު ވަނީ މިއިން އަހަރަކު މައްޗަށް ނުދާވަރަށް މައްޗަށްގޮސްފައެވެ. އެގޮތުން ބައެއް ވިޔަފާރިތަކުން ފިޔާ ކިލޯއެއް ވަނީ 75 ރުފިޔާއަށްވެސް ވިއްކާފައެވެ.

ހުޅުމާލެއަށް ބަލައިރު، ފުޅާދާއިރާއެއްގައި ފިޔާ ހޯލްސޭލްކުރާ މުޑުވާލީގައި މިއަދު ސާފްނުކުރާ ބާސްކެޓުން ފިޔާ ކިލޯއެއް 18 ރުފިޔާއަށް ލިބެންހުރިއިރު، ހުޅުމާލޭ ފޭސް ދޭއްގެ ސްޕަމާކެޓްތަކުން ފިޔާ ކިލޯއެއް 25 ރުފިޔާއަށް ލިބެން ހުއްޓެވެ. 

ފިޔާގެ އަގު މިއަދު ދަށަށް ގޮސްފައިމިވަނީ އެމްޕީއެލް އިން އިއްޔެ ގިނަ އަދަދަކަށް ފިޔާ ބޯޓުތަކުން ފިޔާ ބާލާފައިވަނިކޮށެވެ. އެމްޕީއެލުން އިއްޔެ އެކަނިވެސް ވަނީ 5 ހާހަށްވުރެ ގިނަ ބަސްތާގެ ފިޔާ ބޯޓުތަކުން ބާލައި ގުދަނަށް ގެންގޮސްފައެވެ.

ބޯޓަކުން ބާލާފައި ހުރި ފިޔާބަސްތާތަކެއް... ފޮޓޯ: އެމްޕީއެލުން 

ބާޒާރުގައި މިއަދު ފިޔާގެ އަގު ދަށަށްދާން ފަށާފައިވާއިރު، ކުރިއަށްމިއޮތް ދުަވސްތަކުގައި ފިޔާގެ އަގު އިތުރަށް ދަށަށްދާނޭކަމަށް ވިޔަފާރިވެރިން ބުނެއެވެ. ބާޒާރުން ފިޔާ ލިބުން ދަތިވެ، އަގު އުފުލުމާ ގުޅިގެން އެސްޓީއޯއިންވެސް ވަނީ ފިޔާ ޝިޕްމަންޓެއް އެތެރެކުރުމުގެ މަސައްކަތް ފަށާފައެވެ.

ފިޔަލަކީ ދިވެހިންގެ ކެއުމުގައި އާއްމުކޮށް ކޮންމެ ދުވަހަކުހެން ބޭނުންކުރާ ބާވަތެކެވެ. މީގެ އިތުރުން ރާއްޖޭގައި އުޅޭ އިންޑިއާ އަދި ބަންގާޅު މަސައްކަތްތެރިންވެސް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކީ ފިޔަލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.