ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Sep 2025 | 10:16
ދަރަނބޫދޫ ގިރުމުގެ މައްސަލައަށް އަންނަ އަހަރު ޙައްލެއް ހޯދައިދޭނަން: ރައީސް

ފ. ދަރަނބޫދޫގެ ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށްގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެރަށުގެ ރަށްގިރުމުގެ މައްސަލައަކީ ވަރަށް ރަނގަޅަށް ދިރާސާކުރަން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޙައްލުކުރަން މުހިންމު ކަންތައްތަކެއް ކުރުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މުހިންމު މަޝްްރޫއުއްގެ ގޮތުގައި އަޅުގަނޑުމެން ހިމަނާނަން، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ކަންތައްތަކެއް ކުރަން. މިކަމަކީ ރަނގަޅަށް ދިރާސާކުރަންޖެހޭ ކަމެއް. ތަންކޮޅެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމެއް. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ކައުންސިލާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މި އަންނަ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްގެންދަވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ އެ ރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން މި އަހަރު ގިނަ މަޝްރޫއުތަކެއްގެ ޢަމަލީ ގޮތުން މަސައްކަތްތައް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވައި، ސިއްޚީ މަރުކަޒުގެ އައު އިމާރާތާއި، އެ މަރުކަޒަށް އިތުރު ނަރުހެއް ހޯދުމާއި، އެ މަރުކަޒު 16 ގަޑިއިރަށް ހުޅުވޭނެ ފަދަ ގޮތަކަށް ޚިދުމަތްތައް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެރަށަކީ އެތްލީޓުން ގިނަ ރަށަކަށްވުމުން އެ ރަށުގައި ފުޓްބޯޅަ ދަނޑު ޤާއިމްކުރާއިރު، ވަށައިގެން ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ޔޫތް ސެންޓަރެއް ޤާއިމްކޮށްދެއްވައި، ވޮލީ ކޯޓެއް ވެސް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެ ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓި ޕާޕޯސް ހޯލެއް ޤާއިމްކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށާއި، އެއާއެކު އެ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމުތަކުގެ ޢަމަލީ މަސައްކަތްތައް މި އަހަރު ފައްޓަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދަރަނބޫދޫގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަދާހަމަ ރައީސް މިއަދު ދެއްވިއިރު، މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ވެސް ރަސްމީކޮށް ފަށައިފައެވެ. ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ވެސް ރައީސްއެވެ.

އަދި ދަރަނބޫދޫ ސިއްހީ މަރުކަޒަށް އިތުރު ކުރެވޭ އާ އިމާރާތުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފައިވާއިރު، އިމާރާޓުގެ އަމަލީ މަސައްކަތް ނުވަތަ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތް މިނިސްޓަރު، އަބްދުﷲ ނާޒިމްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެހިންނަށް ގެއްލުމެއް ނުލިބޭ
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.