ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތެއްގެ ތެރެއިން... ފޮޓޯ: ވޮއިސް
ހަބަރު
21 Sep 2025 | 15:45
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓްމަހު 52.6 މިލިއަން ރުފިޔާ ހޭދަވި: އެންސްޕާ

ހުސްވި އޮގަސްޓްމަހު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި 52.6 މިލިއަން ރުފިޔާ ހޭދަވިކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާއިން ނެރެފައިވާ ތަފާސްހިސާބަށް ބަލާއިރު، އޮަގސްޓްމަސް ނިމުނުއިރު ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި 14،673 މީހަކު ރަޖިސްޓްރީކޮށްފައިވާކަމަށް ދައްކައެވެ. އޭގެ ތެރެއިން 14،492 މީހުންނަށް ވަނީ މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންސްޕާގެ ހިސާބުތަކަށް ބަލާއިރު، ހުސްވިމަހު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މުޅިން އަލަށް 125 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

އެންސްޕާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި އެންމެގިނައީ ފިރިހެނުންނެވެ. ނުކުޅެދުންތެރިކަން ހުންނަ ފިރިހެނުންގެ އަދަދު 8،350 ގައި އުޅޭއިރު އަންހެނުންގެ އަދަދަކީ 6،143 އެވެ. މި ދަފްތަރަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުން އެންމެގިނަ އުމުރުފުރާއަކީ އަދިވެސް 18 އަހަރާއި 64 އަހަރާ ދެމެދުއެވެ. މި ލިސްޓްގައި 18 އަހަރުން ދަށުގެ 4،916 ކުދިން ތިބިއިރު، 65 އަހަރުން މަތީގެ މީހުންގެ އަދަދަކީ 2،285 އެވެ.

ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލާފައިވަނީ 2023 ވަނަ އަހަރެވެ. ދަފްތަރު އެކުލަވާލިފަހުން ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފަށާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެމީހެއްގެ ވަނަވަރު ވަރަށް ތަފްސީލީ ގޮތެއްގައި ހިމަނައެވެ. ސަރުކާރުން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކުރަންޖެހުނީ ދައުލަތުން އެފަރާތްތަކަށް ދޭ ހިދުމަތްތައް އެންމެ އެކަށޭނެ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން ދައުލަތުގެ ބަޖެޓުން އެފަރާތްތަކަށް ދޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި އެންމެ ބޭނުންވާ މީހާއަށް ދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސްއަށް މިދިޔަ އަހަރު އެކަނިވެސް 560 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދައުލަތުގެ މިހިނގާ އަހަރުގެ ބަޖެޓަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްގެ ގޮތުގައި 634.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް އަދި ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.