މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓު -- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް
ހަބަރު
21 Sep 2025 | 16:01
ގިނަވެގެން އަހަރެއް ތެރޭގައި މަގޫދޫގެ އެއާޕޯޓު ނިންމާނަން: ރައީސް

ފ. މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން އަހަރެއްގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ފ. އަތޮޅަށްކުރައްވަމުން ގެންދާވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިއަދު މަގޫދޫގައި ފެށި މަޝްރޫއުތަކާއި ހިނގަމުންދާ މަޝްރޫއުތަށް އެއްވެސް ކަހަލަ މަޑުޖެހުމެއްނެތި ކުރިޔަށް ގެންގޮސް ނިންމަވާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ތެރޭގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވެސް ހިމެނޭ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެ އެއާޕޯޓަކީ އެމަނިކުފާނުގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ވަޢުދުފުޅާ އެއްގޮތަށް އެ އެއާޕޯޓުގެ މަސައްކަތް ނިންމަވާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވީހާ ވެސް އަވަހަކަށް އެ އެއާޕޯޓުގެ މަސައްކަތް ނިންމެވުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރަށް މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ. 

އަޅުގަނޑުމެން ސަރުކާރުން އެތައް ސަތޭކަ މަޝްރޫއެއް [އެމްޓީސީސީއާ] ހަވާލުކޮށްފިން. މި ހުރިހާ މަސައްކަތަކަށް ބަލާފައި ތާރީހަކަށް ތިޔަބޭފުޅުން އެދިލައްވާތީ، ޓްރާންސްޕޭރަންޓްކޮށް މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާތީ މިގޮތަށް މި ދަންނަވަނީ. މިހާރު އޮތް ހިސާބުން އެގްރީމަންޓާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމައި ދޭނަން

 ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އެފަދައިން ވިދާޅުވިއިރު، މަގޫދޫ އެއާޕޯޓަކީ މިދިޔަ ސަރުކާރުން ނިމެންދަނިކޮށް 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެމްޓީސީސީއާ ނިންމަން ހަވާލުކުރި މަޝްރޫއެކެވެ. 

އެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖެހުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، އެ އެއާޕޯޓުގެ ވަރަށް ގިނަ މަސައްކަތްތަކެއް ނިމިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ރަންވޭގެ ބޮޑު ބައެއްގެ އޭބީސީ އަޅައި ނިމި، ޕަސިންޖާ ޓާމިނަލް އަދި ފަޔާ ޓްރަކް އަދި އޭޓީސީ ޓަވަރުގެ ސްޓަރްކްޗާގެ މަސައްކަތްތައް ވަނީ ނިމިފައެވެ. 

އެ އެއާޕޯޓުގެ މަޝްރޫއުގައި 1،800 މީޓަރު ދިގު، 30 މީޓަރުގެ ފުޅާ ރަންވޭއެއް އަޅާއިރު، ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑް ހެދުމާއި ޕަސެންޖާ ޓާމިނަލެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއާޕޯޓު ތަރައްގީ ކުރަނީ ޖެޓު ވެސް ޖެއްސޭ ފެންވަރަށެވެ. މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އެ އެއާޕޯޓުގެ މަސައްކަތްތައް ކުރިޔަށްދާއިރު، އެ ރަށުން ގާތްގަޑަކަށް 10 މިނެޓުން ލޯންޗުގައި ދެވޭ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެހިންނަށް ގެއްލުމެއް ނުލިބޭ
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.