11 Jun 2019 | 20:55
ވައިމާސްގެ ފުރަތަމަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުން ބާރުވެރިކުރުވުމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގ ޔޫތު، ރަފީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ޒުވާނުންގެ މެދުގައި މަޤްބޫލު ވައިމާސް ސީރީސްގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ޔޫތު އޭޒް މިލީނިއަމް އެސެޓްސް" ނުވަތަ ވައިމާސް ޕްރޮގްރާމަކީ، ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލްއާއި ގުޅިގެން، ދިވެހި ޒުވާނުން ބާރުވެރި ކުރުވާ، މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށް ހެދުމަަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގ ޔޫތްއިން ފަރުމާކޮށްފައިވާ ޕްރޮގްރާމެއްކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.

ޖުމްލަ 4 ޕްރޮގްރާމަށް ބަހާލައިގެން ކުރިއަށް ގެންދާ މިސީރީޒް ފުރިހަމަ ކުރާ ބައިވެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބައިވެރިންނަށް، "މިލީނިއަމް ޔޫތު ލީޑަރޒް ކޭމްޕް"ގައި ތަމްރީން ވުމުގެ ފުރުޞަތު ލިބިގެންދެެއެވެ.

ގިނަ ގޮތްގޮތުގޮތުން އެސެސް ކުރެވޭ މިކޭމްޕް ކާމިޔާބު ކަމާއިއެކު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ބައިވެރިންނަށް މިލީނިއަމް ޔޫތު އެމްބެސަޑަރަކަށް ވުމުގެ ޝަރަފު ލިބިގެން ދެއެވެ. މީގެ ސަބަބުން، ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ ތަމްސީލް ކުރުމުގެ އިތުރުން، ބިނާކުރުވަނިވި ގިނަ ފުރުސަތުތަކެއް ރަފީ ޖަމިއްޔާ މެދުވެރިކޮށް މިލީނިއަމް ޔޫތް އެމެބެސެޑަރުންނަށް ލިބިގެންދެއެވެ. މިއީ ރަފީއިން މި ޕްރޮގްރާމް ހިންގާ 4 ވަނަ އަހަރެވެ.

މިއަހަރުގެ ވައިމާސްގެ އެންމެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 22 ޖޫން، ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 12 ގަޑި ސުންމިނެޓުން އިރުއޮއްސި 6ގަޑި ސުންމިނެޓާއި ހަމައަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރަފީއިން ވަނީ ޖަމިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އޮންލައިންކޮށް ހުޅުވާލާފައެވެ.

ޕްރޯގްރާމާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ރަފީއިން ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ ވައިމަސް ސެޝަން ތަކުގައިވެސް ސްޕީކަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ، ތަޖުރިބާކާއު އިލްމުވެރި ބޭފުޅުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދަމާސް ކުންފުނީގެ ސީއޯއޯ އަދި ވައިމަސް ޕްރޮގްރާމްގެ ސިގްނޭޗަރ ސްޕީކަރކަމަށްވާ މުޙައްމަދު ޝިހާބް، މަޝްހޫރު ޓްރެއިނާރ، ސްޕީކަރ އަދި ވައިމަސް ޕްރޮގްރާމްގެ ސިގްނޭޗަރ ސްޕީކަރކަމަށްވާ މަސްއޫދު އަލީ، އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ، ހެޕީ މާކެޓްގެ ސީއީއޯ ޢަލީ އިޙްސާން އަދި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދު ﷲ ރަޝީދްވެސް ބައިވެރިން ތަމްރީން ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ، މިޕްރޮގްރަމްގެ ސެޝަންތައް އަލިއަޅުވާލާނެ ސުރުހީތަކުގެ ތެރޭގައި، "ހޯޕް ފޯރ އަ ބެޓަރ ލައިފް"، " އެޓިޓިއުޑް ފޯރ ޗޭންޖް"، "ރެސްޕެކްޓް ފޯރ ހިއުމޭނިޓީ" އަދި ސްޓްރައިވް ފޯރ އެކްސެލެންސް" ހިމެނެއެވެ. ރަފީއިން މައުލޫމާތު ދެއްވާ ގޮތުގައި މި ހަތަރު ސެޝަނުން ބައިވެރިންނަށް އަމިއްލަ ނަފްސު ކުރިއަރުވާ ތަރައްޤީ ކުރުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަސްވެގެންދާނެވެ. އަދި ލީޑަރުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ މުހިއްމު ހުނަރުތައް ކަމުގައިވާ އަމިއްލައަށް އިސްނެގުމާއި ގުޅިގެން މަސައްކަތް ކުރުން ފަދަ ކަންކަން ދަސްވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.