12 Jun 2019 | 18:42
އަދީބު ބޭހަށް ދަނީ އިންޑިޔާއަށް، ސަރުކާރުން ބުނަނީ ފިލައިގެން ނުދެވޭނެކަމަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ބޭސްފަރުވާއަށް އަންނަ ހުކުރު ދުވަހު ފުރުމަށް ހަަމަޖެހިފައިވަނީ އިންޑިޔާއަށް ކަމަށް، ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ހަވީރު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އަދީބަށް ބޭސްފަރުވާ ކުރުމަށް ދިއުމުގެ ހުއްދަ ދީފައިވަނީ އިންޑިޔާއަށް އެކަނި ކަމަށާއި، ދަތުރުކުރާނީ އިންޑިޔާއަށް އެކަނި ދެވޭނެފަދަ ޓްރެވަލް ޑޮކިއުމަންޓަކުން ކަމަށް ބުނެފައެވެ.

އަދީބަށް އެއް އަހަރުގެ ޓްރެވަލް ޑޮކިއުމެންޓެއް ދިނަސް، އިތުރު ފަރުވާއަށް މަޑުކުރަން ނުޖެހޭނެނަމަ، މިމަހުގެ 26ގައި އަދީބު އެނބުރި ރާއްޖެއަށް ވަޑައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަަމަޖައްސާފައެވެ.

މި ޓްރެވަލް ޑޮކިއުމެންޓްގެ އިތުރު ތަފްސީލް ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ވިދާޅުވީ އަދީބަށް ދޫކުރި އެއް އަހަރު ދުވަހުގެ ޓްރެވެލް ޑޮކިއުމެންޓުން ދަތުރު ކުރެވޭނީ ހަމައެކަނި އިންޑިއާއަށްކަމަށެވެ. އަދި އެ ޑޮކިއުމެންޓަކީ އެއް އަހަރުގެ ޑޮކިއުމެންޓަށް ކަމަށް ވީ ނަމަވެސް އޭގެ ކުރިން ރާއްޖެއަށް ވަޑައިގެންފިނަމަ، އެ ޑޮކިއުމެންޓް ކެންސަލް ވާނެކަމަށް ވަނީ ހާމަކުރައްވާފައެވެ.

މި ކޮމެޓީގައި ވާހަކަފުުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަދީބާއި އެކު ތިން ފުލުހުންނާއި ތިން ކަރެކްޝަންސްގެ އޮފިސަރުން އިންޑިޔާއަށް ދާނެކަމަށް ބުނެފައެވެ.

ސަރުކާރުން ވަނީ އަދީބަށް ފިލައިގެން ނުދެވޭނެ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.