ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ހަބަރު
02 Oct 2025 | 10:47
ފްލޮޓިލާގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ކުއްލި މައްސަލައެއް

ފަލަސްތީނަށް އެހީ ހިފައިގެން ދަތުރުކުރާ ސުމުދު ފްލޮޓިލާގެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. މައްސަލަ ބަހުސްކުރުމަށް ބަލައިގަތުމާމެދު ނެގުނު ވޯޓުގައި ބައިވެރިވި 57 މެންބަރުން ވެސް ވަނީ ކުއްލި މައްސަލަ ބަލައިގަނެ، ބަހުސްކުރުމަށް ތާއީދުކުރައްވާފައެވެ. މީގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވެސް ހިމެނެއެވެ.

މެންބަރު މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފާހަގަކުރެއްވި ގޮތުގައި އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުން ސުމުދު ފްލޮޓިލާތަކަށް ހުރަސްއަޅަން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މި އަމަލުތައް ކުށްވެރިކުރުމަށާއި އެ އުޅަނދުތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މައްސަލައިގައި ގޮވާލައްވާފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރާ ސުމުދު ފްލޮޓިލާގައި ދިވެހިންވެސް ބައިވެރިވެފައިވާއިރު، މި ދަތުރަށް ހުރަސްއެޅުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއް ކަމަށް މެންބަރުން ފާހަގަކުރައްވައެވެ. އަދި މި ކަމުގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލައްވާފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރައްވަނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަކީ ދައުލަތުގެ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ބަލައި، މިކަމުގައި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

މަޖިލީހަށް އެފަދަ ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި އައިއޭސީގެ ފަރާތުން ދަނީ ޢަމަލީ ގޮތުން ވެސް ހަރަކާތްތެރިވަމުންނެވެ. އެގޮތުން އައިއޭސީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝާޒު (ބޮޑޭ) ވަނީ އެ ފްލޮޓިއްލާގެ އޮބްޒާވަރުންގެ ބޯޓުގައި ފްލީޓާއެކު ދަތުރުކޮށްފައެވެ. އެހެން ނަމަވެސް އެ ބޯޓުތަކަށް އިޒްރޭލުގެ ނިރުބަވެރި ސިފައިން އަރާނެކަން ޔަގީންވުމުން ޝާޒް ހިމެނޭ އޮބްޒާވަރުންގެ ޓީމު ވަނީ ސައިޕްރަސްއާ ދިމާލަށް މިސްރާބު ޖަހައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.