މަސްޖިދުލްއީމާން (މ) އަދި އެސްޖޭ މިސްކިތް (ތ)
ހަބަރު
17 Dec 2025 | 20:10
މަސްޖިދުލްއީމާން ހުޅުވަނީ, އެސްޖޭ މިސްކިތް ގަލަށް ވެފައި

ހުޅުމާލެ ފޭސް ދޭއް ގައި ބިނާކުރާ މިސްކިތް މަސްޖިދުލްއީމާން އަންނަ ހަފްތާގައި ހުޅުވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވަނީ ހުޅުމާލެ ހިޔާ އަވަށުގެ ޓަވަރުތައް ކައިރީ ބިނާކޮށްފައިވާ ރީތި މިސްކިތް އަންނަ ހަފްތާގައި ހުޅުވަން ނިންމާފައިވާކަން ހާމަ ކުރައްވާފަ އެވެ. މިއީ ވަރަށް ރީތި މިސްކިތެކެވެ.

މަސްޖިދުލްއީމާން އަންނަ ހަފްތާގައި ހުޅުވަން ނިންމިއިރު ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން ބިނާކުރަމުންދާ މިސްކިތްވެސް މި މަހު ނިންމަން ޖެހެ އެވެ. އެއީވެސް އެތައް މަސް ދުވަހެއް އިތުރުކޮށް ދީފައިވަ ތާރީހެކެވެ. ނަމަވެސް އެ މިސްކިތް ހުރީ ފާޑަކަށް "ގަލަށް" ވެފަ އެވެ. މާބޮޑު ކުރިއެރުމެއް މިދިޔަ އަށެއްކަ މަސް ދުވަހު ނުފެނުނެވެ.

އެސްޖޭ މިސްކިތް ނުނިންމާ އެ ކުންފުނިން އެ ސައިޓް އެހެން ބޭނުންތަަކަށް ގެންނަ މުދާ ބަަހައްޓާ ތަނަކަށް ހަދާފައިވާތީއާ މިސްކިތް ނުނިމި ދިގުލައިގެންދާތީ އާންމުން ފާޑުކިޔާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މިސްކިތްތައް އަޅަން ބިންގާ އެކަމުގެ މުގާބިލްގައި ވިޔަފާރި ފައިދާ ހޯދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. ބައެއް ވިޔަފާރިވެރީން މިސްކިތް އެޅުމުގެ ނަމުގައި މިކަންކަން ކުރާތީ ސަރުކާރުން މިހާރު ވަނީ މިސްކިތް ބިނާކުރަން ދެން ހަވާލުކުރާނީ ވަކި ތާރީހެއްގައި ނިންމަން ކަނޑައަޅާ އެ ގޮތަށް އުސޫލު ހަދާފަ އެވެ.

އެގޮތުން މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމާއި ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކުރުން ހިމެނެ އެވެ. އަދި މި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލަން ވަނީ ހަމަޖައްސާފަ އެވެ. މިނިސްޓްރީން ބުނީ އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގޭނެ ކަމަށާ އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ވެސް ނުކުރެވޭނެ ކަމަށެވެ.

މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރުމާއި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރާނެ އެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އެސްޖޭއިން ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެސްޖޭއިން އެ މިސްކިތް ނިންމާގޮތަށް އޮތީ އަހަރުދުވަހުގެ ތެރޭގައެވެ. 

ކޮމެންޓް
ބެއްޔާގެ ދަރި
އެސްޖޭ އިން ހަދަނީ މިސްކިތެއް ނޫން. އެ ތަން ބޭނުންކުރަނީ ގުދަނަކަށް. އެ ތަނުގެ ނަމުގައި ޑިއުޓީ ފްރީ މުދާ އެތެރެކޮށް ގުދަންކޮށްގެން ހަދަނީ ވިއްކާ ފްލެޓްތައް.
18 Dec 2025
ބެއްޔާގެ ދަރި
އެސްޖޭގެ އެހެން ސައިޓްތަކުގައި މަސައްކަތްކުރާ ބިދޭސީން ވެސް ނިންދަވަނީ ތިތާ ހަދާފައި ހުރި ތަނެއްގަ
18 Dec 2025
ޏޫނކުރި
ޢެމީހުން ހަދާފްލެޓްތައްނިންމާފަމިސްކިތްނިނާނީ ތީތިކަހަލައެންމެންތިކަންކުރާގޮތް މިސްކިތުނަމުގައި ފްރީކޮންހުރިހާ މުދަލެއް އެތެރެކޮށްފަ އެހެންތަންތަން ނިންމާނީ ކާކުމިކަންބަލަނީ
19 Dec 2025
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.