ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން -- ފޮޓޯ: ޕޮލިސް
ހަބަރު
19 Dec 2025 | 07:33
ސުކޫލު ބަންދާއި އައު އަހަރާ ދިމާކޮށް 400 ފުލުހުން މަގުތަކަށް، ހޭލުންތެރި ކުރުމުގެ ޕްރަގްރާމެއް ހިންގައިފި

މިއަހަރުގެ ސްކޫލް ބަންދާއި އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން މާލެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީއާ ދިމާކޮށް ރަށުން ބޭރަށްދާ މީހުންނާއި ޗުއްޓީއަށް މާލެ އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގައިފި އެވެ. 

ސްކޫލް ހޮލިޑޭ ސޭފްޓީ އެންޑް ސެކިއުރިޓީ 2025  - ކޮމިއުނިޓީ ސޭފްޓީ ޕަލްސް ޗެކް ގެ ނަމުގައި އިއްޔެ ހަވީރު ކުރިއަށް މި ޕްރޮގްރާމުގައި މާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި ޓްރެފިކް ޕޮލިސް އާއި  އެންޓި ސްކޭމް ސެންޓަރާއި ކްރައިމް ޕްރިވެންޝަން ހިމެނޭހެން 400 ފުލުހުން ވަނީ އެއް ގަޑިއެއްގައި މަގުތަކަށް ނުކުމެ ވީހާވެސް ގިނަ އާންމުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ހޯދައި، ޗުއްޓީ ދުވަސްވަރު ހިނގާ އެކި ބާވަތުގެ ކުށްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ. 

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން -- ފޮޓޯ: ޕޮލިސް

މި ޕްރޮގްރާމުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި މާލެ ޕޮލިސް އަދި މާލެ ފްރަންޓްލައިން ޕޮލިސިންގެ އެކި ޑިޕާރޓްމަންޓްތަކުގެ ވެރިން ބައިވެރިވި އެވެ. 

މި ޕްރޮގްރާމުގެ ތެރެއިން މާލެ ފްރަންޓްލައިން ޕޮލިސިންގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގެ ވެރިން ވަނީ އެ އަވަށެއްގައި ކަނޑައަޅާފައިވާ ތަނެއްގައި ގާއިމްވެ ތިބެ ރައްޔިތުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާއި ސާފުކުރަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ހޭލުންތެރި ކުރުމަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން -- ފޮޓޯ: ޕޮލިސް

ފުލުހުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި މާލެ 48 ސަބް ޒޯނަކަށް ބަހާލައިގެން އެކި ސަރަހައްދުތަކުގައި ފުލުހުން މައުލޫމާތު ދީފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިިން ކުށާއި، ކުށުގެ ވެއްޓަށް އަންނަ ބަދަލުތައް އާންމުންނާއި ހިއްސާކޮށް ހޭލުންތެރިކުރުމުގެ އިތުރުން، ފުލުހުންގެ ހެލްޕް ލައިން ނަންބަރުތަކާއި، ކޮމިއުނިޓީ ޕޮލިސިން ޕްރޮގްރާމްތައް އަދި މައްސަލަތައް ރިޕޯޓް ކުރާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެ އެވެ. އަދި އަލަށް ތައާރަފްކޮށްފައިވާ އެޕްލިކޭޝަނާ ބެހޭ މައުލޫމާތުވެސް މި ހަރަކާތުގެ ތެރެއިން އާންމުންނާ ހިއްސާކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.