މިރޭގެ ބައްދަލްވުމުގައި ރައްޔިތަކު ރައީސާއި ވާހަކަ ދައްކަވަނީ --
ހަބަރު
19 Dec 2025 | 03:24
ރައީސްގެ ފޭސް ދޭއްގެ ބައްދަލްވުން ހަ ގަޑިއިރާއި 20 މިނެޓް، ރައްޔިތުންނާއި ވަކިވަކީން ބައްދަލްކުރެއްވުމަށް ތިން ގަޑިއިރު

ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ބޭއްވެވި ބައްދަލްވުން ހަ ގަޑިއިރަށް ވުރެ ވެސް ދިގު ދެމިގެން ހިނގައްޖެ އެވެ.

މާލޭގެ ހުރިހާ އަވަށްތަކެއްގެ ރައްޔިތުންނާއި ވަކިވަކީން ބައްދަލްކުރެއްވުމަށް ފެއްޓެވި ސިލްސިލާ ބައްދަލްވުމުންތަކުގެ ތެރެއިން މިރޭ އޮތީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލްކުރެއްވުމެވެ. ހުޅުމާލެ ފޭސް ދޭއް, ސޮލާހުއްދީން ސުކޫލުގައި އޮތް ބައްދަލްވުން ފެށީ މިރޭ 9:00 ގަ އެވެ.

މިރޭގެ ބައްދަލްވުމުގައި ރައްޔިތަކު ރައީސާއި ވާހަކަ ދައްކަވަނީ --

ފުރަތަމަ އޮތީ ޖަލްސާ ތައާރަފު ކުރުމަށް ފަހު ބައްދަލްވުން ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބަސްފުޅެއް ވިދާޅުވުމެވެ. އެހެން ބައްދަލްވުންތަކެކޭ އެއްގޮތަށް ރައީސް ވާހަކަފުޅު ގެންދެވީ ވަަރަށް ކުރުކޮށް ދެ މިނެޓެއްހާއިރަށެވެ. އޭގެ ފަހުން މެންދަމު 12 ޖަހަން ވަރަށް ގާތްވުމާއި ހަމައަށް ރައްޔިތުންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވި އެވެ. އެ ފުރުސަތުގައި ވަރަށް ގިނަ ރައްޔިތުން ވާހަކަ ދެއްކި އެވެ.

އަދި ފަނަރަ ވަރަކަށް މިނެޓް ވަންދެން ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭގެ ފަހުން ވަކިވަކިން ރައްޔިތުންނާއި ބައްދަލު ކުރައްވަން ފެއްޓެވި އެވެ. މެންދަމު 12:00 ޖެހިއިރު ފެއްޓެވި ބައްދަލްކުރެވުންތައް ނިންމާލީ މެންދަމު 3:20 ގަ އެވެ.

މިރޭގެ ބައްދަލްވުމުގައި ރައްޔިތަކު ރައީސާއި ވާހަކަ ދައްކަވަނީ --

ވަރަށް ގިނަ ރައްޔިތުން ވަނީ އެ ތިން ގަޑިއިރާއި 20 މިނެޓް އިރުގެ ތެރޭގައި ރައީސްއާ ވަކީން ބައްދަލު ކުރައްވާފަ އެެވެ. އަދި ވަރަށް ގިނަ ރައްޔިތުން ވަނީ ސިޓީތަކާއި ނޯޓްތައް ރައީސަށް އަރުވާފަ އެވެ. އެ ހުރިހާ ސިޓީތަކާއި ނޯޓްތަކާއި ހަވާލުވެވަޑައިގަތެވެ. އަދި ސީދާ ރައީސާއި ވަކީން ވާހަކަ ދެއްކުމަށް ހުރިހާ ރައްޔިތުންނަށް ފުރުސަތު ދެއްވި އެވެ.

މިއީ އަވަށު ބައްދަލްވުންތަކުގެ ތެރެއިން އެންމެ ދިގު ބައްދަލުވުމެވެ. އަދި ރައީސަކު މިފަދަ ގޮތަކަށް ބޭއްވެވި އެންމެ ދިގު ބައްދަލްވުންވެސް މެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.