ރައީސް ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Dec 2025 | 09:27
ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅެމުންދާ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރެއަށް ތާވަލްކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ 20:30 ގައި ރެހެނދި ސްކޫލުގައި އޮންނާނޭ ކަމަށެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބާއްވަވާ މި ބައްދަލުވުންތަކަކީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުން ތަކެކެވެ. ރައީސް އޮފީހުން ވަނީ މި ބައްދަލުވުމަށް ފޭސް އެކެއްގެ ރައްޔިތުންނަށް އާއްމުކޮށް ދައުވަތު އަރުވާފައެވެ.

ރައީސް އެންމެފަހުން ބައްދަލުކުރައްވާފައިވަނީ ފޭސް 2 ގެ ރައްޔިތުންނާއެވެ. މި ބައްދަލުވުންތަކުގައި ފޭސް ދޭއްގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުން ވަނީ އެ ފަރާތްތަކުގެ ޝަކުވާތައް ރައީސްއަށް ހުށަހަޅުއްވާފައެވެ. މީގެ ތެރެއިން އެންމެގިނައީ ބޯހިޔާވަހިކަމާ ގުޅުން ހުރި ޝަކުވާތަކެވެ. ރައީސް ވަނީ އެ ބައްދަލުވުމުގައި އެފަރާތްތަކުގެ މުހިންމު ބައެއް ޝަކުވާތަކަށް އުއްމީދީ ޖަވާބުތަކެއް ދެއްވާފައެވެ. ރައީސް ފޭސް ދޭއްގައި ދިރިއުޅެމުންދިޔަ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ އެރޭގެ މެންދަމު ދޭއް ޖެހިފަހުންކަން ފާހަގަކޮށްލެވެއެވެ.

ރައީސް ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުން... ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރެއިން ބައެއް ޝަކުވާތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ 24 ގަޑިއިރުގެ ތެރޭގައި ރައްޔިތުން އެދުނު ގޮތަށް ކަންކަން ކޮށްދެއްވުމަށް ނިންމިކަން އިއުލާނުކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކުރަން ނިންމި ނިންމުމެވެ. އެގޮތުން ހައުސިން މިނިސްޓްރީން ވަނީ ފްލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކުރަން ނިންމާފައިވާތީ ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމި ކަމަށް ބުނެފައެވެ.

އެގޮތުން ތިން ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓުން 17,000 ރުފިޔާ އުނިކުރަން ވަނީ ނިންމާފަ އެވެ. އެހެން ކަމުން ޑައުންޕޭމަންޓަށް ދައްކަން ޖެހޭ 25,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 8,500 ރުފިޔާ އެވެ.

އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް ކުއްޔާއި މެއިންޓަނަސް ފީގެ ގޮތުގައި ދައްކަން ޖެހޭ 10,500 ރުފިޔާއިން ވަނީ 500 ރުފިޔާ އުނިކޮށްފަ އެވެ. އެހެން ކަމުން ދެން ދައްކަން ޖެހޭނީ މަހަކު 10,000 ރުފިޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.