ފުވައްމުލައް ފަރަށް 2023 ވަނަ އަހަރު ބާޖެއް އަރާފައި... ފޮޓޯ: މީސްމީޑިއާ
ހަބަރު
28 Jan 2026 | 19:55
ތިމާވެއްޓާ ގުޅޭ އެކި ކަންކަމުގައި ދައުލަތަށް 930 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި

ތިމާވެއްޓަށް ލިބުނު ގެއްލުންތަކާއި އަދި އެ ގެއްލުންތަާ ގުޅިގެން ކުރެވުނު ޖޫރިމަނާގެ އެކި މައްސަލަތަކުގައި ދައުލަތަށް 930 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރިކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރެފައިވާ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީގެ 2019، 2020 އަދި 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ މައްސަލަތަކާ ގުޅިގެން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 930،328،480 މިލިއަން ރުފިޔާ ނުލިބި ވާކަމަށެވެ.

އޮޑިޓް ރިޕޯޓްގައި މި މައްސަލަތަކުގެ ތަފްސީލު ގެނެސްދީފައި ނުވާއިރު، މިކަމާ ގުޅިގެން ދިން ލަފާގައި ވަނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އޮންނަ އުސޫލުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މިނިސްޓްރީއަށް އަންގާފައެވެ.

ތިމާވެއްޓަށް ލިބުނު ގެއްލުންތަކާއި އަދި ޖޫރިމަނާގެ ގޮތުގައި ބިލިއަނަކާ ގާތްކުރާ އަދަދަކަށް ފައިސާ ލިބެންޖެހޭކަން އޮޑިޓް ރިޕޯޓްގައި ފާަހގަކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފަރަށް އަރާ ބޭރުގައުމުތަކުގެ ބޯޓުފަހަރުތައް ފުރައިގެންދާތީ ދައުވާ ނުކުރެވުމުގެ މައްސަލަ ވަރަށްބޮޑެވެ. މިކަން އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައިވެސް ފާަހަގަކޮށްފައެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ ފަރަށް އަރާ ބޭރުގެ ބޯޓުފަހަރު ދައުވާ ކުރުމުގެ ކުރިން ފުރައިގެންދާ މައްސަލަ ބޮޑުވެފައިވާކަމަށެވެ. އެހެންވުމުން ބޯޓުފަހަރު ފަރަށް އެރުމުން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގައި ތަކުލީފްތަކެއް ކުރިމަތިވާކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ބޯޓުފަހަރު ފަރަށް އެރުމުގެ މައްސަލާގައި މީގެ ކުރިން އީޕީއޭއިން ވަނީ ބޮޑެތި އަދަދުތަކުން އުޅަނދުފަހަރު ޖޫރިމަނާކޮށްފައެވެ. އެގޮތުން މިހާތަނަށް ބޯޓެއް އެންމެ ބޮޑުއަދަދަކުން ޖޫރިމަނާކުރި އެއް މައްސަލައަކީ މީގެ 4 އަހަރު ކުރިން ކ.އަތޮޅު ރަސްފަރީ ހުޅަނގުފަރާތު ފަރަށް ޕަނަމާގެ ބޯޓެއް އެރުމުން ކުރި ޖޫރިމަނާއެވެ. އެ މައްސަލާގައި ޕަނަމާގެ އެ ބޯޓު ވަނީ 900 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި