އުރީދޫ ކަރާ ފެޅުން
ވިޔަފާރި
17 Feb 2026 | 13:51
މި ރޯދަމަހު ވެސް އުރީދޫ ކަރާ ފެޅުން، 200،000ރުފިޔާގެ އަގުހުރި އިނާމާއެކު

އުރީދޫ މޯލްޑިވްސް އިން މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ މަހާ ދިމާކޮށް ތަފާތު ޑިޖިޓަލް ތަޖުރިބާއެއް ގެނެސްދިނުމަށްޓަކައި "އުރީދޫ ކަރާފެޅުން" އަދި ހާއްސަ އޮފަރތަކެއް ތައާރަފު ކޮށްފިއެވެ.

މި އަހަރުގެ ކެމްޕޭނު ވީޑިއޯގައި ފެނިގެންދަނީ އާދަޔާ ހިލާފު ޗެލެންޖަކާއި ކުރިމަތިލާން ޖެހޭ ފަސް މީހަކަށް ދިމާވާ ހާދިސާއެކެވެ. މި ކެމްޕެއިންގެ މައިގަނޑު އަސާސަކީ ރަމަޟާން މަހުގެ ހަގީގީ ރޫޙު ކަމުގައިވާ އޯގާތެރިކަމާއި، ފިކުރުއާއި، ޢަޤީދާއާއި، އެއްބައިވަންތަކަމުގެ ރޫޙުއެވެ. މީގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަށް އެކަތިގަނޑަކަށްވެ، ޖީލުތަކަށް ވާރުތަވަމުން އަންނަ ރީތި ދިވެހި ސަގާފަތެވެ. މި ކެމްޕެއިން ފާހަގަކުރަނީ ހަގީގީ ސުޕަޕަވަރ އަކީ ކޮންމެ މީހެއްގެ ކިބައިގައި ވެސް އޮންނަ އެއްޗެއްކަން ގަބޫލު ކުރުމެވެ.

އުރީދޫ ކަރާ ފެޅުން

މި ކެމްޕެއިންގެ ދަށުން އުރީދޫ ކަރާފެޅުން ގޭމް ސުޕަރއެޕް މެދުވެރިކޮށް ރޯދަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ކުޅެވޭނެއެވެ.

• ކާރާ ފެޅުމަށް ވާދަކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމާ ކުޅުންތެރިން ބައިވެރިވާނެއެވެ.

މީގައި ހިމެނެނީ:

• ބޮޑު އިނާމެއްގެ ގޮތުގައި 100،000 ރުފިޔާގެ ހާއްސަ ބަންޑަލްއެއް ލިބޭނެއެވެ.

ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް ޑްރޯން

ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ ޑްރޯން

އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ

ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯ

އެޕަލް ޕެންސިލް އާއެކު އައިޕެޑް އެއާ

މެކްބުކް އެއަރ އެމް

އައިފޯން 17 ޕްރޯ (256 ޖީބީ)

• މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުން ކުޅެގެން ރޯދަ މަހު ހިލޭ ޑޭޓާ، ފައިސާގެ އިނާމުއަދި އެހެނިހެން ހިތްގައިމު ހަދިޔާތައް ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. 

ސުޕަރނެޓް

ރަމަޟާން މަހު އުރީދޫގެ ސުޕަރނެޓުގެ އެކްސްޕީރިއަންސް އިތުރަށް ރަނގަޅުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ހޮވާލެވޭ ސުޕަރނެޓް ޕެކޭޖްތަކަށް ހިލޭ ސްޕީޑް އަޕްގްރޭޑް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އަޕްގްރޭޑް ކޮށްފައިވާ ސްޕީޑްތަކުގެ ތެރޭގައި:

ސުޕަރނެޓް އަންލިމިޓެޑް 30 އެމް އަށް 100 އެމްބީޕީއެސް

ސުޕަރނެޓް އަންލިމިޓެޑް 50 އެމް އަށް 150 އެމްބީޕީއެސް

ސުޕަރނެޓް އަންލިމިޓެޑް 100 އެމް އަށް 200 އެމްބީޕީއެސް

ސުޕަރނެޓް އަންލިމިޓެޑް 200 އެމް އަށް 250 އެމްބީޕީއެސް

މި އަޕްގްރޭޑްތަކުގެ ބޭނުމަކީ މުޅި މަހު މެދުކެނޑުމެއްނެޓް ގުޅުން ދެމެހެއްޓުމަށްއެހީތެރިވެދިނުން ކަމަށާ މިއީ އުރީދޫއަށް ލިބުނު އޫކްލާ ބެސްޓް ފިކްސްޑް ނެޓްވޯކް ގެ އުފަލުގައި ކަސްޓަމަރުންނަށް ދެވޭ ހަދިޔާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ. 

ހާރުދަން ޕެކްތައް

ރަމަޟާން މަހުގެ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އުރީދޫއިން ހާރުދަން ޕެކްތަކެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

• އުރީދޫ އެޕް މެދުވެރިކޮށް މެންދަމު 1:00 އިން ފަތިހު 5:00 އަށް ލިބޭނެއެވެ.

• ޑޭޓާ ޕެކް: ރެގިއުލަރ 5 ޖީބީ ޑޭޓާ 35 ރުފިޔާ (24 ގަޑިއިރަށް ލިބޭނެ).

• ވޮއިސް ޕެކް: އަންލިމިޓެޑް ކޯލް އުރީދޫއަށް 10 ރުފިޔާ (24 ގަޑިއިރަށް ދެމިގެންދާނެ).

• މި ޕެކްތަކަކީ ހަމައެކަނި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކެއް ކަމަށާއި އެޕްގައި ކައުންޓްޑައުން ޓައިމަރ އިން ދެން އެކްޓިވޭޓް ކުރެވޭނެ ޕީރިއަޑް ދައްކާނެ އެވެ

.ވެލިއު ޝެއަރ ޕްލަސް

އުރީދޫގެ ވެލިއު ޝެއަރ ޕްލަސް ހިމެނެނީ؛

• ޖުމްލަ 100 ޖީބީ ޑޭޓާ

40 ޖީބީ ޕާސަނަލް ޑޭޓާ

60 ޖީބީ ޝެއަރޑް ޑޭޓާ (30 ޖީބީ + 30 ޖީބީ ޝެއަރ ކުރުން)

• 10 ދުވަހުގެ މުއްދަތަށް 300 ރުފިޔާ.

މި ޕެކް މެދުވެރިކޮށް އާއިލާ އާއި ރަހުމަތްތެރިންނަށް ނުވަތަ ގިނަ ޑިވައިސްތަކަށް ފަސޭހައިން ޑޭޓާ ޝެއާ ކުރެވޭނެ އެވެ.

ބޯޑަރލެސް ޕާސް - ބޭރު ގައުމުތަކުގައި އާއިލާތައް ގުޅުވައިދިނުން

ރަމަޟާން މަހު ރާއްޖެއިން ބޭރުގައި ތިބި ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން ފާހަގަކޮށް އުރީދޫން ވަނީ ބޯޑަރލެސް ޕާސް ތައާރަފްކޮށްފައެވެ. އެގޮތުން ހޮވާލެވޭ ޤައުމުތަކަށް 30 އައިޑީޑީ މިނެޓާއި 2ޖީބީ އައިއެމްއޯ ޑޭޓާ 3 ދުވަހުގެ މުއްދަތައް 45 ރުފިޔާއަށް ލިބޭނެއެވެ. 

މި ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ލިބޭނެ ކަމަށާ،  ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ފިލިޕީންސް އަދި ސްރީލަންކާއަށް ކުރާ ކޯލްތަކަށް އެޕްލައި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ނަމާދު އެލާޓް ސާވިސްއެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫން ހިލޭ ނަމާދު އެލާޓްގެ ހިދުމަތް މިއަހަރުވެސް ފޯރުކޮށްދޭނެ• ކޮންމެ ނަމާދެއްގެ 15 މިނެޓު ކުރިން އެސްއެމްއެސް ނޮޓިފިކޭޝަން ލިބުމަށް ސަބްސްކްރައިބް ކުރާށެވެ. 

އެމް-ފައިސާ ރަމަޟާން އިނީޝިއޭޓިވްސް

ރަމަޟާން މަހާ ދިމާކޮށް އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ" މެދުވެރިކޮށް ދީލަތިކަމުގެ ރޫހު ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން އެމް ފައިސާ މެދުވެރިކޮށް ކުރެވޭ ކަންކަމުގެ ތެރޭގައި، 

ޒަކާތް ދެއްކުން

• ކަސްޓަމަރުން ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

• ޒަކާތް ދެއްކޭނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 28 ވަނަ ރަމަޟާން މަހުގެ ހެނދުނު 6:00 އާ ހަމައަށެވެ.

• ރައްކާތެރި، ފަސޭހަ އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ދެއްކޭނެ.

ރޯދަވިއްލުން ހަދިޔާ ކުރުން

• ރޯދަ ވިއްލުން ޕެކް އެމް-ފައިސާ މެދުވެރިކޮށް ގްރޭޓަރ މާލެ ސަރަހައްދުގެ މިސްކިތްތަކަށް ހަދިޔާ ކުރެވޭނެއެވެ.

• އެމް-ފައިސާ ޑޮނޭޝަން ހަބް

އެމް ފައިސާ ޑޮނޭޝަން ހަބް މެދުވެރިކޮށް އެކި ޖަމިއްޔަތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެއެވެ. މި ރޯދަމަހު ތިރީގައި މިވާ އެން.ޖީ.އޯ ތަކަށް ޑޮނޭޓް ކުރެވޭނެއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް

ފިޔަވަތި

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނ

އުރީދޫއިން ބުނީ، ކުރިއަށް އޮތް ތަނުގައި އިތުރު އެންޖީއޯތައް އިތުރުކުރާނެ ކަމަށެވެ. 

މި ރަމަޟާން މަހުގެ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ދަނީ ޑިޖިޓަލް ލައިފްސްޓައިލް ފަސޭހަކުރުމަށާއި، މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށް، ފައިދާހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.