ފަނިގިރުމަށް އާއްމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި.. ފޮޓޯ: ވޮއިސް
ރިޕޯޓް
18 Feb 2026 | 16:33
ބާޒާރުގައި އެންމެ އަގުބޮޑީ ފަނިގިރުމަށް ބޭނުންކުރާ ތަކެތި

އަޅުކަމުގެ މައްސަރެއް ނަމަވެސް ރޯދަމަސް ފާހަގަކުރެވެނީ، މުޅި އަހަރުގެ ތެރޭގައިވެސް ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތަކަށް އެންމެ ބޮޑު ބަދަލެއް އަންނަ މަހެއްގެ ގޮތުގައެވެ. ދުވާލު އެއްކޮށް ކެއިން ބުއިމާ ދުރުހެލިވެގެން ތިބިނަމަވެސް ރޯދަމަސް ފާހަގަކުރެވެނީ މާލޭ ބާޒާރުގައި ކާބޯތަކެތީގެ ޑިމާންޑު އެންމެ މައްޗަށްދާ މަހުގެ ގޮތުގައެވެ. ރޯދަމަހު ކާބޯތަކެއްޗަށް އޮންނަ ބޮޑު ޑިމާންޑާއެކު ބާޒާރުގައި އެތަކެތީގެ އަގުތައްވެސް އުފުލިގެން ދެއެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު ބާޒާރުގެ އަގުތަކަށް ބަލާއިރު، އަގުތައް އެންމެ މައްޗަށް ގޮސްފައިވަނީ ފަނިގިރުމަށް ބޭނުންކުރާ ތަކެއްޗެވެ. ރޯދަމަސް ފެށެން ހަފްތާއަކަށް ވީއިރު، ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ކަރާކިލޯއެއްގެ އަގު 20 ރުފިޔާ އާއި 18 ރުފިޔާ އާ ދެމެދުގެ އަގެއްގައި ހުރިއިރު، އިންޑިއާ ކަރާ ކިލޯއެއް އެންމެ ބޮޑުވެގެންވެސް 15 ރުފިޔާއަށް ލިބެންހުއްޓެވެ. އަދި ބާޒާރުމަތީ ބައެއް ފިހާރަތަކުގައި ކަރާ ކިލޯއެއް 12 ރުފިޔާއަށްވެސް ލިބެން ހުއްޓެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި ކަރާތަކެއް... ފޮޓޯ: ވޮއިސް

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ތޮއްޑޫ އަދި ކަނޑޫދޫން ގެނައި ކަރާ ކިލޯއެއްގެ އަގުހުރީ 22 ރުފިޔާ އާއި 25 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ހުޅުމާލޭގައި ކަރާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާއިން މަތީގައެވެ. ދެވަނަ ފިޔަވަހީގެ ބައެއް ފިހާރަތަކުން ދިވެހި ކަރާ ކިލޯއެއް 39 ރުފިޔާއަށްވެސް ލިބެން އެބަހުއްޓެވެ.

ކަރާގެ އިތުރުން މާލޭ ބާޒާރުގައި ދެން އެންމެ އަގު އުފުލިގެން ދިޔައީ ފެޝަންފުރުޓެވެ. ރޯދަމަސް ފެށުމުގެ ކުރިން 85 ރުފިޔާއަށް ވިއްކި ފުރުުޓު ކިލޯއެއްގެ އަގު މިއަދު ހުރީ 130 ރުފިޔާ އާއި 150 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. 

ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ފެޝަންފުރުޓްތަކެއް... ފޮޓޯ: ވޮއިސް

ރޯދަމަސް އައުމުގެ ކުރިންވެސް މާލޭ ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ، އޮރެޖެއްގެ އަގު ވަނީ 12 ރުފިޔާއަށް އަރާފައެވެ. ދަތުރުވެރިްނގެ އިތުރުން ބާޒާރުމަތީ ފިހާރަތަކުގައި މިއަދު އޮރެންޖެއް ލިބެންހުރީ 10 ރުފިޔާ އާއި 12 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. 

ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި އޮރެންޖުތަކެއް... ފޮޓޯ: ވޮއިސް

ބާޒާރުގައި އަގުބޮޑުވި އިތުރު ބާވަތްތަކުގެ ތެރޭގައި ފޭރު، އަދި އަނބު ފާހަގަކޮށްލެވެއެވެ.

ފަނިގިރުމަށް ބޭނުންކުރާ ތަކެތީގެ އަގުތައް މައްޗަށްދިޔައިރު، ތަރުކާރޫގެ ބާވަތްތަކުގެ ތެރެއިން އަގުތައް އެންމެ ބޮޑަށް މައްޗަށްދިޔަ ބާވަތްތަކުގެ ތެރޭގައި ކެރެޓް އަދި ލުނބޯ ފާހަގަކޮށްލެވެއެވެ.

ބާޒާރުމަތީ ފިހާރައެއް.. ރޯދަ އައުމުގެ ދެދުވަހެއް ކުރިން ނަގާފައި... ފޮޓޯ: ވޮއިސް

ރޯދަ އައުމުގެ ކުރިން 25 ރުފިޔާއަށް ކެރެޓް ކިލޯއެއް ލިބުނު ނަމަވެސް، މިއަދު ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު ހުރީ 55 ރުފިޔާ އާ ގާތްކުރާ އަގުތަކެއްގައެވެ. އަދި ބާޒާރުމަތިން 60 ރުފިޔާ އާ ގާތްކުރާ އަގަކަށް ލުނބޯ ކިލޯއެއްގެ އަގުހުރިއިރު، ހުޅުމާލޭގެ ބައެއް ފިހާރަތަކުން ލުނބޯ ކިލޯއެއް ވިއްކަނީ 80 ރުފިޔާއަށެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި ފަނިގިރުމަށް ބޭނުންކުރާ ތަކެތި، މިހާރު އަގުބޮޑުކޮށް ހުރި ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި އެ ބާވަތްތައް އިތުރަށް ގެނައުމުން އަގުތައް ތިރިވެގެން ދާނޭކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް އިއުތިރާފުވެއްޖެ
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.