ކަރާފަޅާ އެޕް
ވިޔަފާރި
25 Feb 2026 | 10:39
އުރީދޫގެ ކަރާ ފެޅުމުގައި މިއަހަރު "ރަތް ލަޝްކަރާއި" ނޫ ލަޝްކަރު"

އުރީދޫ ކަރާ ފެޅުން ގޭމް މިހާރު އުރީދޫ ސުޕަރއެޕް މެދުވެރިކޮށް ކުޅެވޭނެއެވެ.

މި ގޭމް ފަރުމާކޮށްފައި ވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމާއި، ޓީމް ވޯކް އަދި އިނާމުތައް އެކުލެވިގެންވާ ގޮތަށެވެ. ކަސްޓަމަރުން އުރީދޫ ސުޕަރއެޕްގެ ހޯމް ސްކްރީނުން ފެންނަ ކަރާ ގޭމް ބެނާއަށް ފިއްތާލައި، ކޮންމެސް އެއް ޓީމަކަށް (ރަތް ލަޝްކަރުނުވަތަ ނޫ ލަޝްކަރު) ހޮވައި، ކަރާ ފަޅަން ފަށާށެވެ.

ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބެއެވެ. މީގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބެއެވެ.

މީގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނެއެވެ.

ރަމަޟާން މަސް ނިމުމުން މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000 ރުފިޔާގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ކަރާ ފެޅުން ގޭމް އަކީ ރަމަޟާން ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތެވެ.

އުރީދޫ ސުޕަރއެޕް ހުޅުވައި، ރައްޓެހިން އެއްކޮށް، ޓީމެއް ޚިޔާރުކޮށް، ކުޅެން ފެށުމަށް އުރީދޫއިން ދަޢުވަތު އަރުވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.