ބާޒާރުމަތީ ފިހާރައެއްގައި މިއަދު ވއިްކަން ބަހައްޓާފައިހުރި އޮރެންޖުތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
26 Feb 2026 | 11:55
މާލޭ ބާޒާރުގައި އޮރެންޖުގެ އަގު 6 ރުފިޔާއަށް ދަށަށް ހިނގައްޖެ

އަގުއަރައިގެންދިޔަ އޮރެންޖުގެ އަގު މާލޭ ބާޒާރުގައި ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ.

މިފަހަރުގެ ރަމަޟާންމަސް ފެށުނުއިރު އަދި އޭގެ ކުރިންވެސް ބާޒާރުގައި އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވިފައި އޮތީ އޮރެންޖެވެ. ރޯދަ ފެށުނުއިރު ބާޒާރުގައި އޮރެންޖެއްގެ އަގު 10 ރުފިޔާގައި ހުރިއިރު، މިފަހަކުން އޮރެންޖުގެ އަގު ވަނީ 15 ރުފިޔާއަށްވެސް އަރާފައެވެ.

ބާާރުގައި އޮރެންޖުގެ އަގު އުފުލުނު މައިގަނޑު ސަބަބަކީ އޮރެންޖު ލިބުން ދަތުވުމެވެ. ބާޒާރުގައި އޮރެންޖުގެ އަގު އުފުލިގެން ދިޔައިރު، އެސްޓީއޯ ފިޔަވައި އެހެން ފިހާރަތަކުން އޮރެންޖު ވިއްކަމުން ގެންގޮސްފައިވަނީ 10 ރުފިޔާ އާއި 12 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ބާޒާރުން އޮރެންޖު ލިބުން ދަތިވެ، އެންމެ އަގު އުފުލިގެން ދިޔައިރު އެސްޓީއޯއިން އޮރެންޖު ވިއްކަމުްނ ދިޔައީ ކިލޯއެއް 40 ރުފިޔާ އަށެވެ. އޭރުން އޮރެންޖެއްގެ އަގު ވަކި ޖެހެނީ 6 ވަރަކަށް ރުފިޔާ އަށެވެ.

މާލޭ ބާޒާރުގައި އިއްޔެ އޮރެންޖުގެ އަގު ވެއްޓިފައިވާއިރު، މިހާރު އެންމެ އަގު ބޮޑުވެގެންވެސް އޮރެންޖެއް 6 ރުފިޔާއަށް ލިބެއެވެ. ބައެއް ތަންތަނުން އޮރެންޖު 5 ރުފިޔާއަށްވެސް ލިބެއެވެ. ހުޅުމާލޭ ފޭސް ދޭއްގެ ސުމަޕާޓުތަކުންވެސް މިހާރު އޮރެންޖު 6 ރުފިޔާއަށް ލިބެއެވެ.

ފޭސް ދޭއްގެ ސުޕަމާޓެއްގައި ވިއްކަން ބަހައްޓާފައި ހުރި އޮރެންޖުތަކެއް... ފޮޓޯ: ވޮއިސް

ބާޒާރުގައި އޮރެންޖު ލިބުން އަގުހެޔޮވެފައިވާއިރު، މާލޭ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްއިން ވަނީ ރާއްޖެ ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކްލިއާކުރުން އަވަސްކޮށްފައެވެ. އެގޮތުން ފާއިތުވެދިޔަ ދެ ދުވަހުވެސް ރެކޯޑް މިންވަރަކަށް ކާބޯތަކެތި ކްލިއާކޮށްފައިވާަކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޮރެންޖަކީ ރޯދަމަހު ފެޝަން ފުރުޓާއެކު ދިވެހިން އާއްމުކޮށް ފަނިގިރުމަށް ބޭނުންކުރާ ބާވަތެކެވެ. މާލޭ ބާޒާރުގައި އޮރެންޖެއްގެ އަގު 6 ރުފިޔާއަށް ވެއްޓުނު ނަމަވެސް، ބާޒާރުގައި ފެޝަންފުރުޓް ކިލޯއެއްގެ އަގު އުޅެނީ 120 ރުފިޔާ އާއި 150 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް އިއުތިރާފުވެއްޖެ
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.