އުރީދޫ ހެޑްއޮފީސް... ފޮޓޯ: ވޮއިސް
ހަބަރު
28 Feb 2026 | 11:03
އުރީދޫ މޯލްޑިވްސްގެ "ކަރާ މޯމަންޓް" ހިއްސާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސް އިން މި ރަމަޟާން މަހުގެ އުފާވެރިކަމުގައި ބައިވެރިވުމަށް ކަސްޓަމަރުންނަށާއި އާންމުންނަށް ސޯޝަލް މީޑިއާ ހަރަކާތެއް ފަށައިފިއވެެ

އުރީދޫއިން "ކަރާ މޯމަންޓް ހިއްސާކޮށްގެން އިނާމު ހޯދާ" މި ހަރަކާތް ކުރިއަށްގެންދަނީ ކަރާއާ ގުޅުންހުރި އުފެއްދުންތެރި ވަގުތުތައް ފޮޓޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ހިއްސާކޮށްގެން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ލިބޭ ގޮތަށެވެ.

މި ކެމްޕޭނުގައި ކަރާއާ ގުޅޭ ކޮންމެ ކަމެއްވެސް ހިއްސާކުރެވިދާނެއެވެ. އޭގެ ތެރޭގައި ކަރާ ތީމްގެ ފޯނު ކަވަރެއް، ގޭގައި ކަރާ ކާން ތިބޭ ވަގުތު ނުވަތަ އުރީދޫ ކަރާ ފެޅުން ގޭމް ކުޅޭ މަންޒަރު ހިމެނެއެވެ.

މި ކެމްޕޭނަކީ ރަމަޟާން މަހުގެ އުފާވެރި ވަގުތުތަކުގައި އާންމުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ބާރުއަޅާ ހަރަކާތެކެވެ.

ހަރަކާތުގައި ބައިވެރިވާނީ ކިހިނެތް؟

މި ހަރަކާތުގައި ބައިވެރިވުމަށްޓަކައި، ކަރާއާ ގުޅުންހުރި ފޮޓޯ ނުވަތަ ވީޑިއޯ ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަންޖެހެއެވެ. ހޭޝް ޓެގަކީ: #OoredooKaraaMoments އުރީދޫއިން ބުނީ ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ސޯސަން ފިހާރައިގެ ގިފްޓް ޕެކްތަކެއް ލިބިގެންދާނޭކަމަށެވެ. ފުރަތަމަ ހަފްތާގެ ގުރުއަތުގައި ބައިވެރިވުމަށް 28 ފެބުރުއަރީ ގެ ރޭގަނޑު 11:59 ގެ ކުރިން ޕޯސްޓް ކުރަން ޖެހެއެވެ.

މި ކެމްޕޭނަކީ ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުޖުތަމައުގެ މެދުގައި ގުޅުން ބަދަހިކޮށް، އުފާވެރިކަން ފެތުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އުރީދޫ މޯލްޑިވްސް ބުނީ އެކުންފުނިން އެދެނީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވެ، އުފެއްދުންތެރި ކަރާ މޯމަންޓްތައް ހިއްސާކޮށް އިނާމު ހޯދުމުގެ ފުރުސަތުގެ ބޭނުން ހިފުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.