2ކޭ26 ނިންމާލުން: ފޮޓޯ/ އުރީދޫ
ވިޔަފާރި
02 Mar 2026 | 11:52
ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލްގެ ޕަބްޖީ މޮބައިލް ޗެމްޕިއަންކަން ޑީޖީއެން ސިންޑިކޭޓް ހޯދައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2k26 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އަދި ލޭން (LAN) ފޯމެޓަށެވެ. މިއީ ރާއްޖޭގެ އެކި ކޮޅުތަކުގައި ތިބި ގޭމަރުންނަށް ވާދަވެރި މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔައިރު، ޕަބްޖީ މޮބައިލް (PUBGM) އަދި މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ (MLBB) ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

މީގެ ސަބަބުން މުޅި ރާއްޖެއިން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.

ބައިވެރިވުމުގެ ތަފްސީލް

· އީއޭއެފްސީ: 20 ބައިވެރިން

· ޓެކެން: 16 ބައިވެރިން

· ޕަބްޖީ މޮބައިލް: 38 ޓީމު

· އެމްއެލްބީބީ: 38 ޓީމު

މުބާރާތުގެ ވަނަތައް

ޕަބްޖީ މޮބައިލް

1 ވަނަ ޑީޖީއެން ސިންޑިކޭޓް

2 ވަނަ ގޭމްއޯވަރ ރިޖެކްޓް

3 ވަނަ އެލްއެފް އަކަޒާޔާ

މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ (MLBB)

1 ވަނަ އެލްއެންއެން ސްލީޕިންގ ފޮރެސްޓް

2 ވަނަ ކަޅުއޮށްފުމި

3 ވަނަ ކުއިސް ވެންގާޑްސް

އީއޭއެފްސީ

1 ވަނަ އެމްޔޫޖީ ޔާއިޝް

2 ވަނަ އެމްޔޫޖީ ރާއިދު

3 ވަނަ ޒަމީލް

ޓެކެން

1 ވަނަ އެމްޔޫޖީ އަބާން

2 ވަނަ ކުއިސް އީ-ސްޕޯޓްސް ތާބިޝް

3 ވަނަ އެމްޔޫޖީ އަޝްވާން

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.