އުރީދޫ އޭޖީއެމް 2025 ގެ ތެރެއިން... ފޮޓޯ؛ އުރީދޫ
ހަބަރު
07 Mar 2026 | 11:12
އުރީދޫއިން ފާސްކުރީ ހިއްސާއަކަށް 3.54 ރުފިޔާ ބެހުމަށް

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 3.54 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

އުރީދޫއިން މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ. އުރީދޫގެ އޭޖީއެމް ބާއްވާފައިވަނީ ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ހެޑް އޮފީހުގައެވެ. ހިއްސާއަކަށް 3.54 ރުފިޔާ ބެހުމަށް ނިންމިއިރު، މިއީ ޑިރެކްޓަރުްނގެ ބޯޑުން ބެހުމަށް ފާސްކުރި އަދަދުކަން ފާހަގަކޮށްލެވެއެވެ.

އުރީދޫ އަހަރީ އާއްމުޖަލްސާގެ ތެރެއިން.. ފޮޓޯ: އުރީދޫ

އެ ޖަލްސާގައި އުރީދޫގެ ހިއްސާދާރުންގެ ތެރެއިން ޖުމްލަ 353 ހިއްސާދާރުން ބައިވެރިވިއިރު، 144 ހިއްސާދާރުން ޖަލްސާއަށް ދިޔަކަން ފާހަގަކޮށްލެވެއެވެ. އުރީދޫއިން ބުނީ 98 އިންސައްތަ ހިއްސާދާރުން ޖަލްސާގައި ތަމްސީލްކޮށްފައިވާއިރު، އެއީ ކުންފުނީގެ 144,202,029 ހިއްސާކަމަށެވެ.

މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.54 ރުފިޔާ ބެހުމަށް ނިންމިއިރު، ކުންފުނީގެ ބޯޑުގައި މެޖޯރިޓީ ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރެއްގެ ގޮތުގައި ފާތިމަތު ސުލްތޯން އަލް-ކުވާރީ އިންތިހާބު ކޮށްފައިވާއިރު، ބޯޑު ޑިރެކްޓަރަކަށް ޢަބްދުﷲ އަލީ ވަނީ އިންތިހާބުކޮށްފައެވެ.

އުރީދޫގެ އެކްސްޓަރނަލް އޮޑިޓަރަކަށް ހަމަޖައްސާފައިވަނީ، ކޭޕީއެމްޖީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.