އޫރިދޫ އެޑް
ވިޔަފާރި
19 Mar 2026 | 19:40
އުރީދޫ "ކަރާ ފެޅުން" މުއްދަތު ދަންމާލައިފި

އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، 'ކަރާ ފެޅުން' ކުރިއަށްގެންދާ މުއްދަތު އިތުރުކޮށްފިއެވެ.

ކަސްޓަމަރުންނަށް ކުޅުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން އުރީދޫއިން ވަނީ މި ހަރަކާތް މިހާރު މާރިޗު 26، ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހުއެވެ.

މި ބަދަލާއެކު، 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެކެވެ.

100,000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު އެކުލެވިގެންވެއެވެ. 

އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން' އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރަމަޟާން މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެއެވެ.

ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެއެވެ.

މި މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ކަރާ ފެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.

މުޅި ރާއްޖޭގެ އެކު ކަންކޮޅުތަކުން ކަސްޓަމަރުން މި ހަރަކާތުގައި ބައިވެރިވާތަން ފެނުމަކީ ލިބޭ އުފަލެއް. މި ކެމްޕޭންގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މިގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން. މިއީ ރަމަޟާން މަހު އެންމެން ގުޅުވައިދޭ ފަދަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ

ހުސައިން ނިޔާޒު

އުރީދޫ މޯލްޑިވްސް އިން ބުނީ ހުރިހާ ކަސްޓަމަރުންނަށް ދައުވަތު ދެނީ މި ފޯރީގައި ބައިވެރިވެ، 'ކަރާ ފެޅުން' ކުޅެ، މި އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޮޑެތި އިނާމުތައް ހޯދުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.