ބެންކް އޮފް މޯލްޑިވްސްގެ 2025 އަހަރުގެ އަހަރީ އާއްމު ޖަލްސާ.. ފޮޓޯ: ބީއެމްއެލް
ވިޔަފާރި
31 Mar 2026 | 16:50
ބީއެމްއެލް އޭޖީއެމަށްފަހު، ހިއްސާގެ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދަކަށް މައްޗަށް

ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު މޯލްޑިވްސް ސްޓޮކް އެކްސްޗޭންގެ މާކެޓް ކެޕިޓަލައިޒޭޝަން ރެކޯޑް އަދަދަކަށް މައްޗަށް ހިނގައްޖެއެވެ.

ބީއެމްއެލުން ވަނީ މިފަހުން ބޭއްވި އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރި އާއްމު ޖަލްސާގައި ހިއްސާދާރުން ބޯނަސް ހިއްސާ ދޫކުރުމަށާއި ޝެއަރ ސްޕްލިޓް (ހިއްސާ ބައިކުރުން) ފާސްކޮށްފައެވެ. އެއާއެކު ހިއްސާގެ ބާޒާރުގައި އެކަމުގެ އެނގުންވެ، ރާއްޖޭގެ މާލީ ބާޒާރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.

ބީއެމްއެލްގެ ބޯނަސް ހިއްސާ ދޫކުރުމަށް ނިންމައި ހިއްސާ ބައިކުރުމުގެ ކުރިން ހިއްސާގެ ބާޒާރުގައި މާކެޓް ކެޕިޓަލައިޒޭޝަން ހުރީ މާކެޓް ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާގައެވެ. ނަމަވެސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބޯނަސް ހިއްސާ ދޫކުރުމަށާއި ޝެއަރ ސްޕްލިޓް (ހިއްސާ ބައިކުރުން) ފާސްކުރުމާއެކު، މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 62 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މާކެޓް އަގަށް އައި މި ބޮޑު ބަދަލަކީ މުޅިންހެން ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން އައި ބަދަލެއްކަން ފާހަގަކުރެވެއެވެ.

މިއާއެކު ބީއެމްއެލްގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 3.6 ބިލިއަން ރުފިޔާއިން 31.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާއެކު އެ ބޭންކް ވެފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށެވެ.

ލިކުއިޑިޓީއަށް އައި ބަދަލާއި މާކެޓްގައި ބައިވެރިވުން:

މާކެޓަށް އައި މި ބަދަލު ބޮޑަށް ގުޅިފައިވަނީ ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމަށް މަގުފަހިވެ، ލިކުއިޑިޓީ އިތުރުވުމާއެވެ. މިދިޔަ އަހަރު ބީއެމްއެލްގެ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ އެވްރެޖް މާކެޓްގެ އަގު ހުރީ ގާތްގަނޑަކަށް 800 ރުފިޔާގައެވެ. ނަމަވެސް، ބޯނަސް އިޝޫ އާއި ޝެއަރ ސްޕްލިޓަށްފަހު، 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓް އަގު މިހާރު ވަނީ ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެފައެވެ. މިއީ، ނިސްބަތުން މިނިންމުމުގެ ކުރިން ގަނެވިއްކުމުގެ މުއާމަލާތްތަކުގެ އަގަށް ބަލއިފިނަމަ ގާތްގަނޑަކަށް %650 ގެ މާކެޓް އަގުގެ ކުރިއެރުމެކެވެ.

ބީއެމްއެލުން ބުނީ މި ބަދަލުގެ ސަބަބުން މިވަގުތު ދެ ނަތީޖާއެއް ފެނިގެންދިޔަ ކަމަށެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މިހާރު ތިބި ހިއްސާދާރުން މާކެޓްގައި ހަރަކާތްތެރިވުމަށް ހިތްވަރު ލިބި، ހިއްސާ ވިއްކުމުގެ ހަރަކާތްތައް އިތުރުވުމެވެ. ދެވަނަ އަދި ކަމަކީ، އާ އިންވެސްޓަރުންނަށް، ހާއްސަކޮށް ޒުވާނުންނަށް، މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ކުޑަވެ، ގިނަ ބަޔަކަށް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދިއުމެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ، ހިއްސާގެ ބާޒާރުގައި ދިގުމުއްދަތަކަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށްބޮޑު ފައިދާއެއް ލިބިގެންދާނޭކަމަށެވެ. ހަމައެއާއެކު، މީގެ ސަބަބުން ޒުވާނުންނާއި މުޅިން އަލަށް އިންވެސްޓްކުރާ ފަރާތްތަކަށް މާކެޓަށް ވަދެ، ކުންފުނީގެ މުސްތަގުބަލުގެ ކުރިއެރުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނޭކަމަށްވެސް ސްޓޮކް އެކްސްޗޭންޖުން ވަނީ ބުނެފައެވެ.

މިއީ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކަށްވެސް ލިބިގެންދިޔަ މުހިންމު ސިގްނަލެއްކަމަށް ސްޓޮކް އެކްސްޗޭންޖުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ޕްރައިސް-ޓު-ބުކް ރޭޝިއޯ ގާތްގަނޑަކަށް 0.66 ގައި ހުރި އަދި ގާތްގަނޑަކަށް %4 ގެ ޑިވިޑެންޑް ޔީލްޑެއް ލިބޭ އެސްޓީއޯ ފަދަ ކުންފުނިތަކަށްވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމުން ފައިދާ ކުރާނެއެވެ. ދޫކޮށްފައިވާ ހިއްސާގެ އަދަދު ނިސްބަތުން މަދު އެސްޓީއޯއަށްވެސް، ރަނގަޅަށް ރޭވިފައިވާ ޝެއަރ ސްޕްލިޓެއް މެދުވެރިކޮށް ލިކުއިޑިޓީ އިތުރުކޮށް، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމުގެ ފުރުސަތު އޮތްކަމަށް ސްޓޮކް އެކްސްޗޭންޖުން ފާހަގަކުރެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.