ހުޅުމާލެ ފޭސް ދޭއް..ފޮޓޯ: ވޮއިސް
ހަބަރު
02 Apr 2026 | 14:47
ޕާކިންގ ސްލޮޓުތައް އުސޫލާ ހިލާފަށް ދޫކުރާކަމަށް ދެކެވޭ ވާހަކަ އެޗްޑީސީން ދޮގުކޮށްފި

ހުޅުމާލޭގައި ހުރި ޕާކިން ސްލޮޓްތައް އުސޫލާ ހިލާފަށް އެކި ފަރާތްތަކަށް ދޫކުރަމުންދާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން މިއަދު ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކް ކުރުމަށް ހާއްސަކޮށްފައިވާ ޖާގަތައް އުސޫލުން ބޭރުން އެކި ފަރާތްތަކަށް ދޭކަމަށް ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސްތަކެއް ނެތް ވާހަކަތަކެއްކަމަށެވެ.

ބައެއް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކުގައި ބުނެފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޕާކިންގ ސްލޮޓުތައް ވިއްކަމުންދާ ކަމަށެވެ. އެޗްޑީސީން ބުނީ ޕާކިން ސްލޮޓްތައް ދޫކުރުމުގައި އެކުންފުނިން އަމަލުކުރަމުންދަނީ ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ކަމަށެވެ.

ޕާކިން ސްލޮޓްތައް ވިއްކުމަށް އެޗްޑީސީން ވަނީ އާއްމުކޮށް  ދެފަހަރެއްގެ މަތިން އިއުލާނުކޮށްފައެވެ. އަދި އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކުގެ ނަންތައް އާއްމުކުރި ކަަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. 

އެޗްޑީސީން ވަނީ ހާމަކަން ބޮޑު ގޮތެއްގައި ޕާކިންގ ސްލޮޓުތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، މިކަމާއި ގުޅޭގޮތުން އާންމުންނަށް އޮޅުން އޮޅުން އަރާ ގޮތައް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި ހަޤީގަތާ ހިލާފަށް މައުލޫމާތު ނުފެތުރުމަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.