29 ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް: ބީއެމްއެލްއިން ލޯނުދޫކުރާ އުމުރު 75 އަހަރަށް މަތިކޮށްފި --- ފޮޓޯ/ ބީއެމްއެލް
ވިޔަފާރި
21 Apr 2026 | 11:57
ބީއެމްއެލްގެ ލޯނު ދޫކުރާ އުމުރު 75 އަހަރަށް މަތިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިންގެ ހިދުމަތްތައް ފޯރުކޮށްދޭ އެންމެ މަތީ އުމުރު 60 އަހަރުން 75 އަހަރަށް ބަދަލުކޮށް، އެ އުމުރު މަތިކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން މިކަން އިއުލާންކޮށްފައިވަނީ، މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ، މުހައްމަދު ޝަރީފްއެވެ.

މި ނިންމުމާ ގުޅޭގޮތުން ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިހާތަނަށް އެ ބޭންކުގެ އުސޫލު އޮތްގޮތުން ލޯނު ދޫކުރަމުން އައީ ލޯނު ނަގާ ފަރާތުގެ އުމުރުން އެންމެ މަތިވެގެން 60 އަހަރުވާއިރު އެ ލޯނު ދައްކާ ނިމޭ ގޮތަށް ކަމަށެވެ.

އެގޮތުން، ބޭންކުގެ ބޯޑުން މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށް ޝަރީފް ވިދާޅުވިިއެވެ. މި އާ ބަދަލާއެކު، ލޯނު ނަގާ ފަރާތުގެ އުމުރުން 75 އަހަރުވުމާ ހަމައަށް ލޯނު ދެއްކޭނެއެވެ.

55 އަހަރުގެ ބޭފުޅަކަށް ވެސް މިހާތަނަށް ލޯނު ދެމުން އައީ ފަސް އަހަރުން ދައްކާ ނިންމާ ގޮތަށް. މިހާރު ބަދަލު މި ކުރީ 75 އަހަރަށް.

މި ބަދަލުގެ ސަބަބުން ކަންކަން ހިނގާނެ ގޮތް ތަފްސީލުކޮށްދެއްވަމުން ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށްވެސް ލޯނު އަނބުރާ ދެއްކުމަށް އިތުރު އަހަރުތަކެއް ލިބިގެންދާނެއެވެ.

މި ބަދަލުގެ ސަބަބުން މެދުއުމުރުފުރައިގެ މީހުންނަށް ބޮޑެތި މަޝްރޫއުތަކަށާއި ކަންކަމަށް ލޯނު ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބި، ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

މީގެ އިތުރުން އާމްދަނީ ލިބޭ ފަރާތެއްނަމަ، އުމުރުން ދުވަސްވީ ނަމަވެސް ބޭންކުގެ ކްރެޑިޓް ކާޑުގެ ހިދުމަތް މިހާރުވެސް ދޫކުރަމުންދާ ކަމަށް ސީއީއޯ ޝަރީފް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.