ފާމަސީއަކުން ބަހައްޓާފައި ހުރި އަސަންދަ ލިބޭކަން އަންގައިދޭ ބޯޑެއް
ހަބަރު
22 Apr 2026 | 15:19
ސިއްހީ ހިދުމަތްދޭ ތަންތަނާއި އާސަންދަ ގުޅުވާލަދޭ ވިނަވި ޕޯޓަލްގެ އިތުބާރާމެދު ކަންބޮޑުވުންތަކެއް

އާސަންދަ ސްކީމްގެ ދަށުން ޚިދުމަތްދޭ ސިއްހީ ހިދުމަތްދޭ ތަންތަނާއި އާސަންދަ ކުންފުންޏާ ގުޅުވާލަދިނުމަށް ބޭނުންކުރާ "ވިނަވި ޕޯޓަލް" އާމެދު ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަމަށް ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ވިނަވި ޕޯޓަލްގެ އިންފޮމޭޝަން ސިސްޓަމް އާ ގުޅޭގޮތުން އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް އޮފީހުގައި ވަނީ، ވިނަވި ޕޯޓަލްއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށްފައެވެ. 'ވިނަވި ޕޯޓަލް' އަކީ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތްދޭ ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކާއި އާސަންދަ ކުންފުންޏާ ގުޅުވައިދިނުމަށް 2017 ވަނަ އަހަރު ގާއިމްކުރި ނިޒާމެކެވެ. މި ނިޒާމަކީ މެމޯ ހެއްދުމުން ފެށިގެން ފަރުވާ ނިމެންދެން ބަލިމީހާގެ މައުލޫމާތުތައް އެއްވެސް ދަތިކަމެއް ނެތި ބެލެހެއްޓުމުގެ މަގު ތަނަވަސްކޮށްދީފައިވާ ނިޒާމެކެވެ.

ވިނަވި ޕޯޓަލް އާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ އައި.ޓީ ޖެނެރަލް ކޮންޓްރޯލްތަކާއި، އާސަންދައިގެ "ވިނަވި" ޕޯޓަލްއާ ގުޅުންހުރި އެޕްލިކޭޝަން ކޮންޓްރޯލްތަކަށެވެ. އޮޑިޓްގައި ބުނެފައިވަނީ ވިނަވި ޕޯޓަލް ސިސްޓަމް ކޮންފިގަރޭޝަންގެ މައްސަލަތައް ހުރިކަން ފާހަގަކޮށްފައެވެ. އެއާއެކު ހުރި މައްސަލަތަކުގެ ސަބަބުން ކްލިނިކްތަކުންނާއި ބޭސްފިހާރަތަކުން ބޭސްސިޓީތަކަށް އާދަޔާހިލާފަށް ބޮޑެތި އަދަދުތަކަކުން ހަރަދުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ވިނަވި ޕޯޓަލްގައި ހުރި މައްސަލަތަކާއެކު ފާމަސީން ބޭސް ދޫކުރުމުގައި، ބޭހުގެ އަދަދު އަތުން ބަދަލުކުރެވޭ ގޮތަށް އޮތުމުން، ހަގީގީ އަދަދަށްވުރެ އިތުރަށް ބޭސް ދޫކުރިކަމަށް ދެއްކުމުގެ ފުރުސަތު އޮތްކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އަލަށް އުފަންވާކުދިން މަންމަގެ އުފަންދުވަހަށްވުރެ ކުރީގެ ތާރީހުތައް ޖެހޭގޮތަށް ފަހިވެފައި އޮތުމަކީ ޑޭޓާތަކުގެ އިތުބާރު ގެއްލޭކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ ވިނަވި ޕޯޓަލްގެ އެޕްލިކޭޝަން ކޮންޓްރޯލްތައް މުރާޖައާކުރިއިރު، މުއާމަލާތްތަކުގެ ސައްހަކަމާއި، ޑޭޓާގެ ސައްހަކަން ގެއްލި، ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.