ރައްޔިތުންގެ މަޖިލިސް؛ ފޮޓޯ / ރައްޔިތުންގެ މަޖިލިސް
ހަބަރު
23 Apr 2026 | 16:51
"ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ވޯކްޝޮޕް 2026" ދިވެހިރާއްޖޭގައި ބާއްވަން ނިންމަވައިފި

ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ބާއްވާ "ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ވޯކްޝޮޕް 2026" ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިކަން އިއުލާންކޮށްފައިވަނީ، މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން، މި ވޯކްޝޮޕް ކުރިއަށްދާނީ އެޕްރީލް 27 އިން 29 އަށް މާލޭގެ ހޮޓެލް ޖެންގައެވެ.

މި ވޯކްޝޮޕަކީ ކޮމަންވެލްތު ސެކްރެޓޭރިއަޓާއި، ކެނޭޑިއަން އޮޑިޓް އެންޑް އެކައުންޓަބިލިޓީ ފައުންޑޭޝަންގެ އިތުރުން މާލިއްޔަތާ ބެހޭ މާހިރުންގެ އެހީތެރިކަމާއެކު ބޭއްވޭ ވޯކްޝޮޕްއެކެވެ.

"ކުދި ޤައުމުތަކުގައި ވަރުގަދަ އަދި މިނިވަން ޤާނޫނު ހަދާ މަޖިލިސްތައް" ގެ ޝިއާރުގެ ދަށުން ބާއްވާ މި ވޯކްޝޮޕްގައި، ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި، މެންބަރުންނާއި، އިދާރީ އިސް މުވައްޒަފުންގެ އިތުރުން ހިންގުމުގެ ދާއިރާގެ މާހިރުން ބައިވެރިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެއެވެ.

އެގޮތުން، މީގެތެރޭގައި، ބެލީޒް ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ސީޕީއޭ ސްމޯލް ބްރާންޗަސްގެ ރައީސް، ވެލެރީ ވުޑްސްއާއި، ސަމޮއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އައުއަޕާއު މުލިޕޮލާ އަލޮއިތަފުއާ މުލިޕޮލާއާއި، ކޭމަން އައިލެންޑްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް، ޕަލީނާ މެކްގޮ-ލަމްސްޑެންއާއި، ސެއިންޓް ލޫސިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް، ޑީލް ލީ އަދި ސްރީލަންކާގެ ޖަސްޓިސް، މުރްދު ފެނާންޑޯ ހިމެނޭނެއެވެ.

ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމްއެވެ. އަދި އެމަނިކުފާނަކީ ސީޕީއޭގެ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ މަންދޫބެކެވެ. މީގެއިތުރުން، މިހާރު ސީޕީއޭ އޭޝިއާ ސަރަހައްދުގެ ރިޔާސަތު ބަލަހައްޓާ ގައުމަކީ ދިވެހިރާއްޖެއެވެ.

މިއީ، ކުދި ޤައުމުތަކުގެ މަޖިލިސްތަކުގެ މަސައްކަތުގެ ހަލުވިކަމާއި، ދެމެހެއްޓެނިވިކަމާއި، މިނިވަންކަން ހަރުދަނާކުރުމަށްޓަކައި ހިންގޭ މުހިންމު ވޯކްޝިޕެއްކަން ރައްޔިތުންގެ މަޖިލީހުން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ. އެގޮތުން މި ވޯކްޝޮޕްގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޑިމޮކްރެތިކް ހިންގުމެއްގެ އެންމެ މުހިންމު އަސާސަތައް ކަމަށްވާ، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލު ވަރުގަދަކުރުމުގެ އިތުރުން، ޒިންމާދާރުކުރުމާއި ފާރަވެރިވުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗައްކަން ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

މި ވޯކްޝޮޕްގެ ތެރޭގައި، އެކި ދާއިރާތަކުގެ މާހިރުން ކުރަށްގެންދާ ސެޝަންތަކާއި، ތަޖުރިބާ ހިއްސާކުރުމާއި، ތަފާތު ކޭސް ސްޓަޑީތަކާއި، އަދި އަމަލީ ތަމްރީނުތައް ކުރިއަށްދާނެކަން ރައްޔިތުންގެ މަޖިލީހުން ބުނެއެވެ. 

ރައްޔިތުންގެ މަޖިލީހުން އިތުރަށް ބުނި ގޮތުގައި، ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވުމަކީ، ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތާއި، ކޮމަންވެލްތުގެ ޤައުމުތަކުގެ މަޖިލިސްތަކުގެ މެދުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ، ދުނިޔޭގެ ފެންވަރުގައި ވަރުގަދަ، މިނިވަން، އަދި ޒިންމާދާރު މަޖިލިސްތަކެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ/

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.