އުރީދޫ އެއާފައިބާ ޕޯސްޓަރެއް
ވިޔަފާރި
20 May 2026 | 13:38
އުރީދޫ އެއަ ފައިބަރ އާއެކު އާ ފްލެޓަށް ބަދަލު ވާއިރު ވަގުތުން ވައިފައި ލިބޭނެ

އުރީދޫ މޯލްޑިވްސްއިން އަންނަނީ އުރީދޫ އެއާ ފައިބަރު މެދުވެރިކޮށް، ރާއްޖޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އާ އުސްމިންތަކެއް ހާސިލްކުރަމުންނެވެ.

ފަސޭހަކަމާއި، ހަލުވިކަމާއި، އަދި ފްލެކްސިބިލިޓީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ އެއާ ފައިބަރަކީ، ކުރިން ބޭނުންކުރަމުން އައި އިންޓަނެޓްގެ ވަސީލަތްތަކުގައި ހުންނަ ދަތިތަކާއި ލަސްތަކާ ނުލައި، ވަގުތުން ހައި-ޕާފޯމަންސް ވައިފައި ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހައްލެވެ.

ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކުރި އެފްޑީސީ ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް މި ހިދުމަތަކީ ވަރަށް ބޮޑު ލުޔެކެވެ. އެފަދަ ތަންތަނުގައި ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓްގެ ހިދުމަތް ލިބުން މުހިންމެވެ. އުރީދޫ އެއާ ފައިބަރުގެ އެހީގައި، އާ ގެތަކަށް ބަދަލުވާ ފަރާތްތަކަށް ވަގުތުން އިންޓަނެޓްގެ ހިދުމަތް ލިބި، ދިރިއުޅުން ފަސޭހަވެގެންދެއެވެ. ގޭގައި އޮފީސް މަސައްކަތް ކުރުމަށާއި، ސްމާޓް ޑިވައިސްތައް ގުޅުމަށާއި، އަދި އާއިލާއާ ގުޅުން ބަދަހިކޮށް ބެހެއްޓުމަށް އެއާ ފައިބަރުން ދާއިމީ ގުޅުމެއް ކަށަވަރުކޮށްދެއެވެ.

އުރީދޫގެ ކުރިއަރާފައިވާ 5ޖީ ނެޓްވޯކް މެދުވެރިކޮށް 100 އެމްބީޕީއެސްއިން ފެށިގެން މަތީ ސްޕީޑްތަކުގައި ލިބޭ މި ހިދުމަތަކީ، މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ބޭނުންވާ ފުރިހަމަ ހައްލެކެވެ. ހައި ޑެފިނިޝަންގައި ވީޑިއޯ ބެލުމަށާއި، އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުމަށާއި، ތައުލީމީ ޕްލެޓްފޯމްތައް ބޭނުންކުރުމަށް އަދި ގޭމިން ފަދަ ކަންކަމަށް މި ހިދުމަތް ވަރަށް ފުރިހަމައެވެ. އެއްފަހަރާ އެތައް ޑިވައިސްއެއް ގުޅައިގެން މެދުކެނޑުމެއްނެތި މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.

އެއާ ފައިބަރ ފާހަގަކުރެވެނީ އޭގެ ފްލެކްސިބިލިޓީއާއި އަގުގެ ގޮތުން ލިބޭ ފައިދާތަކުންނެވެ. އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކާއި ހިލޭ ލިބޭ ޑިވައިސްއާއެކު، ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ހައި-ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބޭނެއެވެ.

ޑިޖިޓަލް ބޭނުންތައް އިތުރުވަމުން އަންނަ މި ދުވަސްވަރު، އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންނަށް ދިރިއުޅުމުގެ ކަންކަމާއި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ހައްލުތައް ފޯރުކޮށްދިނުމަށެވެ. އެއާ ފައިބަރއަކީ މި ތަސައްވުރުގެ ދަށުން، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ގޭބިސީތަކަށް ހަލުވި، ފްލެކްސިބަލް، އަދި ޒަމާނީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ވަސީލަތެކެވެ.

އެއަރ ފައިބަރގެ ޚިދުމަތަށް އެދުމަށްޓަކައި ތިރީގައިވާ ލިންކަށް ފިތާލައްވާ:

http://ore.do/air

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.