މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު
12 Jul 2026 | 17:08
ރާއްޖޭގެ އާބާދީގެ ކޮންމެ 3 މީހުންގެ ތެރެއިން އެކަކީ ބިދޭސީއެއް

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ އާބާދީ ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ އާބާދީ ދުވަހު ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން މިހާރު ރާއްޖޭގެ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އަންދާޒާކުރެވޭ ރާއްޖޭގެ ޖުމްލަ އާބާދީ 590،079 ގައި ހުރިއިރު، ބިދޭސީންގެ އަދަދަކީ 215،911 އެވެ.

ބިދޭސީންގެ އާބާދީއަށް ބަލާއިރު، ބިދޭސީންގެ އަންހެނުންގެ އަދަދާއި ފިރިހެނުންގެ އަދަދު ވަރަށްބޮޑު ފަރަގެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި އެންމެގިނައިން އުޅެނީ ފިރިހެނުންނެވެ. ފިރިހެނުންގެ އަދަދު 174،005 ގައި އުޅޭއިރު އަންހެނުންގެ އަދަދަކީ 22،019 އެވެ.

ތަފާސްހިސާބަށް ބަލާއިރު، ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 އިންސައްތައަކީ ބިދޭސީ ފިރިހެނުންނެވެ. ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ އާބާދީގެ އެންމެބޮޑު އިންސައްތައެއް ދިރިއުޅެނީ މާލޭގައެވެ. އެގޮތުން މަސައްކަތްކުރާ އުމުރުފުރާގެ އެންމެ ގިނަ މީހުންނަކީވެސް ބިދޭސީންނެވެ. މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުގައިވެސް ދިވެހިންނަށްވުރެ ބިދޭސީން ގިނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ނުރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ގިނައިން ދިރިއުޅެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އޭގެއިތުރުން ދެން އެންމެގިނައީ އިންޑިއާ، ސްރީލަންކާ މީހުންނެވެ. މީގެ އިތުރުން ނޭޕާލް، ފިލިޕީންސް ފަދަ ޤައުމުތަކުގެ މީހުން މަސައްކަތްކުރާ އަދަދު އިތުރުވަމުން އަންނަކަން ފާަހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.