ރައީސް ޑރ.މުއިއްޒު "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
18 Jul 2026 | 12:30
އިއްޒުއްދީނު ފާލަމުން ނަސަންދުރައަށް ތަރައްޤީކުރާ ސަރަހައްދުގައި، ޕާކިންނަށް ހާއްސަ ޖާގައެއް އޮންނާނެ: ރައީސް

ނަސަންދުރައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމަޔަށް ބޮޑުތަކުރުފާނުމަގު ބޭނުންކުރަން ހުޅުމާލާއިރު، އެ ސަރަހައްދުގެ ޕާކިންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ބޮޑުތަކުރުފާނުމަގު މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދަކީ ބާޒާރުމަތި ސަރަހައްދު ނަގާފައި ކާރޫބާރޫ އެންމެބޮޑު އެއް ސަރަހައްދެވެ. މި ސަރަހައްދު ތަރައްޤީކުރުމަށް އެމްޓީސީސީން ކުރަމުންގެންދާ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެތަން ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އިއްޒުއްދީން ފާލަމާ ހަމައިން ނަސަންދުރަ ސަރަހައްދާ ހަމަޔަށް ތައްރައްޤީކޮށް ނިމޭއިރު، އެ ސަރަހައްދުމަގު ތޮއްޖެހުމުގެ މައްސަލައަށް އެދެވޭފަދަ ހައްލެއް ލިބިގެންދާނޭކަމަށެވެ.

ރައީސް ވިދާޅުވީ، އެންމެބޮޑު އެއް ހައްލެއް ލިބިގެންދާނީ އެ ސަރަހައްދުގެ ޕާކްކުރުމުގެ މައްސަލައަށް ކަމަށެވެ. މީގެ ކުރިން މަގުގެ ދެފާރާތުގައި ޕާކްކުރުމާ ގުޅިގެން މަގު ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ހިއްކާފައި އޮތް ޖާގައިން ޕާކްކުރުމަށް ޖާގަ ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން 500 ސައިކަލް ޕާކްކުރުމުގެ ޖާގަ އޮންނާނޭކަމަށް ރައީސް ވިދާޅުވިއެވެ.

އިއްޒުއްދީން ފާލަމުން ނަސަންދުރައާ ހަމައަށް މިހާރު މިބައި ނިމެނީ. ނިމުނީމަ ދެން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. ދެން އެއާއެކީގަ އަޅުގަނޑުމެން މި ނިންމާ ބައިގަ ކުރީގަ ޕާކްކުރި ކުރުން، މި ބަދަލުކުރަނީ ބޭރުން ހިއްކި ބަޔަށް

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުމަގު މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދުގެ މަސައްކަތް ނިމުމާއެކު ދެން މަސައްކަތް ފެށޭނީ އެމްޕީއެލް ސަރަަހައްދުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު ކަމަށެވެ. މިއީ އެންމެބޮޑަށް މަގުގެ ގާތައް ހަލާކުވެފައި އޮތް ސަރަހައްދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާލެ ވަށައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރައްދުގެ މަސައްކަތްތައް ނިމުމުން މާލެތެރޭގެ މަގުތަކުގެ ޓްރެފިކަށްވެސް ލުއިކަމެއް އަންނާނޭކަމަށެވެ.

ނަސަންދުރަ ހިމެނޭ ބޭރުމަގު ސަރަހައްދަކީ ބާޒާރުމަތި ނަގާފައި ބޮޑުތަކުރުފާނުމަގުގައި ދެން އެންމެ ބާރުބޮޑު ސަރަހައްދެވެ. މި ސަރަހައްދު މާލެ އަންނަ މީހުން ފޭބުމަށް ބޭނުންކުރުމުގެ އިތުރުން ގިނަ އޮފީސް އިމާރާތްތަކެއްވެސް ހުރެއެވެ.

މާލެ ވަށައިގެންވާ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސިއާ އެވެ. މި މަސައްކަތްތަކުގެ ދަށުން އެންމެފުރަތަމަ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ބާޒާރުމަތީ ސަރަހައްދެވެ. އެތަނުގެ މަސައްކަތް ނިންމައި މިދިޔަ ރޯދަމަސް ފެށުނުއިރު ވަނީ ތަރައްޤީކުރި ސަރަހައްދު އާއްމުކޮށް ބޭނުންކުރަން ފަށާފައެވެ. އެ ސަރަހައްދު މަގު ފުޅާކުރުމާއެކު ބާޒާރުމަތީ މަގު ތޮއްޖެހުމުގެ މަސައްލައަށް ވަނީ ހައްލެއް ލިބިގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.