ކުރީގެ ރައީސް ނަޝީދު
ހަބަރު
18 Jul 2026 | 20:38
ޑޮލަރު މައްސަލާގައި ރައީސް ނަޝީދުގެ އިތުރު ރައުޔުއެއް

ޑޮލަރުގެ އަގު ތިރިކުރަން ބޭނުންނަމަ ސަރުކާރުން މަޝްރޫޢުތަކަށް ކުރާ ހޭދަ ހުއްޓާލަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ އަގު ބޮޑުވަމުންދާ މައްސަލާގައި ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑޮލަރު ލިބުން ދަތިވެފައި އޮތް މައްސަލާގައި ދެން ކަންތައް ކުރެވިދާނެ ގޮތެއް ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި ދެން އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫންކަމަށް ވިދާޅުވެފައެވެ. 

ނަޝީދު ވިދާޅުވީ، އުމްރާނީ ހުރިހާ މަޝްރޫޢުތަކެއް މިހިނދަށް ހުއްޓާލަންޖެހޭ ކަމަށެވެ. އެގޮތުން މިވަގުތަށް އެންމެ ރަނގަޅީ ރަށްރަށުގައި ކުރިއަށްދާ އެފަދަ މަސައްކަތްތައް ރަށު ކައުންސިލާ ހަވާލުކޮށް، ކައުންސިލުން ކްރޮސް ސަބްސިޑީ އުސޫލުން އަގުދައްކައިގެން އެ މަސައްކަތްކުރިއަށް ގެންދިއުން ކަމަށެވެ. އޭރުން އެ މަސައްކަތްތައް ނިމިގެންދާނޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ޑޮލަރުގެ މައްސަލާގައި ރައީސް ނަޝީދު އަނެއްކާވެސް ވާހަކަދައްކަވާފައިވާއިރު، މި މައްސަލާގައި މީގެ ކުރިން އެމަނިކްފާނު ވަނީ، ރާއްޖެއަށް އެންމެ ރަނގަޅުވާނީ އެމެރިކާ ޑޮލަރު ރޭޓް ކަނޑައަޅަން ބާޒާރުގެ އަގަށް ދޫކޮށްލުންކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑޮލަރުގެ ހަމަ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ އަގަށް ހެދުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ފަހުގެ ތާރީހެއްގައި ޑޮލަރު ގަނެވިއްކާ ރަސްމީ ރޭޓަށް އެންމެ ފުރަތަމަ ބަދަލުގެނެސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ފުރަތަމަ ހަފްތާގައެވެ. އޭރު ޑޮލަރުގެ ރަސްމީ ރޭޓް ކަމަށްވާ 12.80 ގައި ހުރި އަގު ވަނީ 15.42 އާއި 10.28 އާ ދެމެދުގެ އަގަކަށް ދޫކޮށްލާފައެވެ.

ނަމަވެސް އޭގެ ފަހުން މިއަދާހަމަޔަށް އާއިރުވެސް ޑޮލަރުގެ އަގު ދަށަށްގޮސްފައިނުވާކަން ފާހަގަކޮށްލެވެއެވެ. 

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ހައްލު ހޯދުމަށް އެމްއެމްއޭއިން މިދިޔަ އަހަރު ވަނީ ބޭރު ފައިސާގެ ގާނޫނެއް ވުޖޫދަށް ގެނެސް އެއަށް އަމަލުކުރަން ފަށާފައެވެ. އެ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ލާޒިމުކޮށް އެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމްކޮށްފައެވެ.

ބޭރުފައިސާގެ ޤާނޫނަށް ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށުމާއެކު މިހާރު ބޭންކުތަކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވަމުން އަންނަކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ކޮމެންޓް
Ahmed Rasheed
ވަރަށް ރަގަޅު ރައުޔެއް.
18 Jul 2026
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.