ވިނަވި ކޭމްޕްގެ - ފޮޓޯ/ ފަތިސް ޖަމިއްޔާ
ހަބަރު
19 Jul 2026 | 12:40
ފަތިސް ޖަމްޢިއްޔާގެ ވިޔަނަ 2026 ކޭމްޕް މިފަހަރު ނ.މާފަރުގައި

ޅ.ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމް "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން، ނ. މާފަރުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރުގެ ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 06-08 އޯގަސްޓު 2026 އަށް ސޮސައިޓީ ފޯރ މާފަރު ޑިވެލޮޕްމަންޓާއި ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ އެންމެ މުހިންމު އެއް އަމާޒަކީ ދީނީ ޢިލްމުވެރިންނާއި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ އެހީތެރިކަމާއެކު، މުޖުތަމަޢުއަށް ފައިދާހުރި ދީނީ އަދި ދުނިޔަވީ ލީޑަރޝިޕް ހުރި ޝަޚުޞިއްޔަތުތަކެއް އުފެއްދުމެވެ. އަދި ހަމައެހެންމެ، މިއީ ކުށުގެވެށިން ސަލާމަތްވެ އިސްލާޙުވެ އަލުން މުޖްތަމަޢުއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށްވެސް އަމާޒުކުރެވޭ ޕްރޮގްރާމެކެވެ. 

މިޕްރޮގްރާމްގެ ތެރެއިން އަމިއްލަ ނަފުސު އިސްލާހުކޮށް އަދި އެގޮތުގައި ދެމިހުރުމަށް ބޭނުންވާނެ ނަފުސުގެ އަގުތަކާއި، ލިޑަރޝިޕްއާއި ފޮލޯވަރޝިޕްގެ މުހިންމު ހުނަރުތަކާއި، އިމޯޝަނަލް އިންޓެލިޖެންސާއި، ތަފާތު މިޒާޖުގެ ތަފާތު ވިސްނުމުގެ މީހުން ދެނިގަނެ އެމީހުންނާއި މުޢާމަލާތްކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި، މުޖްތަމަޢު އިސްލާޙުކުރުމުގައި ފަރުދީ ޒިންމާފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވިގެން ދާނެކަމަށް ފަތިސް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

ޖުމްލަ 03 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މިކޭމްޕްގައި މުޅި ޖުމްލަ 18ބައިވެރިންނާއި 8 ފެސިލިޓޭޓަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިކޭމްޕް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކޭޕްމް ބާއްވާ ރަށުގެ އެކިއެކި ފަރާތްތަކުންވެސް ކޭމްޕްގެ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ. މިއާއިއެކު ތަފާތު އެކި ޕްރޮގްރާމްތައް ކޭމްޕް ބާއްވާ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްވެސް ހިންގުމަށް ހަމަޖެހިފާވަކަށް ފަތިސް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

ޖުމްލަ ގޮތެއްގައި މިކޭމްޕްގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށް ހިންގޭ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައްވެސް ހިމެނޭކަމަށް ފަތިސް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

ވިޔަނަ ކޭމްޕް އެންމެ ފުރަތަމަ ބޭއްވިފައިވަނީ 2022 ވަނަ އަހަރު އުންމީދު ޖަމްޢިއްޔާއާއި ގުޅިގެން ރ. މީދޫގައެވެ. އަދި އޭގެފަހުން 2023 ވަނަ އަހަރު ލެންޓާން ޖަމްޢިއްޔާއާއި ގުޅިގެން ރ.ހުޅުދުއްފާރުގައި ކޭމްޕް ކުރިއަށް ގެންދެވިފައިވެއެވެ. 2024 ވަނަ އަހަރު އާރުލާ ސްޕޯޓްސް އެކަޑަމީއާއި ގުޅިގެން ށ.ފޯކައިދޫގައި މިކޭމްޕް ކުރިއަށް ގެންދެވުނުއިރު، 2025 ވަނަ އަހަރު މިކޭމްޕް ކުރިއަށް ގެންދިވިފައިވާނީ ސްމައިލް ޖަމްޢިއްޔާއާއި ގުޅިގެން ރ.ކިނޮޅޮހުގައެވެ. މިއީ މިޕްރޮގްރާމް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާތާ 5 ވަނަ އަހަރެވެ.

ކޮމެންޓް
މައުމޫނު
މާޝާﷲ ފަތިސް ޖަމިއްޔާއިން ތިކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި. ރާއްޖޭގައި މިހާރު އޮތް ޖީލުތައް އަލުން އާރޯކޮށް ތާޒާކުރުމަކީ ވަރަށް މުހިންމު ކަމެއް. އަދަބު އަޚްލާގާއި ، ރިވެތި އާދަތައް މިއަދުގެ ޖީލަށް ވަރަށް މުހިންމު.
19 Jul 2026
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.