އެމްއެންޔޫ ދަރިވަރުންތަކެއް
ހަބަރު
28 Jul 2026 | 15:26
އެމްއެންޔޫގެ އޮގަސްޓް އިންޓޭކްއަށް ފޯމު ހުށަހެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވަނީ

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2026 ގެ ދެވަނަ ޓާރމްގެ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެފަހު ސުންގަޑިއަކީ މިމަހު 30 ވާ ބުރާސްފަތި ދުވަސް ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ. 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބުނީ އޮގަސްޓް މަހު ފެށުމަށް ރޭވިފައިވާ ކޯސްތަކަށް ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ބުރާސްފަތި ދުވަހުގެ 14:00 ކަމަށެވެ. އަދި ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/registration/ ގައި ޝާއިރު ކުރެވޭނެ ކަމަށެވެ.

ޔުނިވާސިޓީން ބުނީ، މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވާސިޓީގެ ވެބްސައިޓަށް ހާމަ ކުރެވެމުން ދާނެ ކަމަށާ ބުރާސްފަތި ދުވަހުގެ 14:00 ހަމަޔަށް، ޔުނިވަރސިޓީގެ އޮންލައިން ޕޯރޓަލް portal.mnu.edu.mv މެދުވެރިކޮށް ފޯމު ބަލައިގަންނާނެ ކަމަށެވެ. އަދި އިތުރު ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އޮތުރުން އެމްއެންޔޫއިން ބުނީ، އިތުރު މަޢުލޫމާތު  [email protected] އަށް މެއިލް ކުރުމުން އަދި https://mnu.edu.mv ވެބްސައިޓް 3345155 ފޯން އަދި ފޭސްބުކް ޕޭޖު https://www.facebook.com/MaldivesNationalUniversity އިން ލިބޭނެކަމަށެވެ.

މިގޮތުން ތަފާތު ދާއިރާތަކަށް 100+ އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.