ވީއައިއޭގައި ހުޅުވި ސަރަހައްދު- ފޮޓޯ/ އެމްއޭސީއެލް
ހަބަރު
28 Jul 2026 | 20:47
ވީއައިއޭގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާ އަދި ޚިދުމަތް ލިބޭ އާ ޖާގައެއް ހުޅުވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކޮށްލެވޭ ގޮތަށް ތައްޔާރުކުރި އާ ސަރަހައްދެއް ބޭނުންކުރަން ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މި ސަރަހައްދާ އެކު ޓާމިނަލްގެ ފުރަތަމަ ފަންގިފިލާއަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ ތަނެއް އިތުރުވެފައިވާ ކަމަށެވެ. ފުރުމުގެ ކުރިން ދަތުރުވެރިންނަށް ހިތްފަސޭހަ މާހައުލެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަނުގައި ތަފާތު ވައްތަރުގެ ގޮނޑި ވެސް ބަހައްޓާފައިވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކުޑަކުދިންނަށް ޚާއްޞަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވެސް މި ތަނުގައި ތަރައްޤީކޮށްފައިވެއެވެ. އެ ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލެޓްފޯމްތަކާއި ރައްކާތެރި ހޮޅިތަކާއި ވާ އަދި ރިންގު ބޭނުންކޮށްގެން އަރައި ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅެވޭނެ ޖާގައެއް ހިމެނޭ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކައުންޓަރެއް ވެސް އެ ސަރަހައްދުގައި ޤާއިމުކޮށްފައިވެއެވެ. އެ ކައުންޓަރުން ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތާއި ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ ފެންވަރެއްގައި ހުރިހާ ފަރާތްތަކަށް ޚިދުމަތް ދެވޭ ތަނަކަށް ހެދުމުގެ ގޮތުން ޓާމިނަލް 1 ގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.