ރަށެއްގެ އަތިރިމަތިގައި ބަޔަކު ފިނިކޮށްލަނީ.. ފޮޓޯ: ވޮއިސް
ހަބަރު
06 Aug 2026 | 17:49
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ

ރާއްޖޭގައި ވިހާ އުމުރުފުރާ ނިސްބަތުން މައްޗަށްގޮސްފައިވާކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސިއްހީ ވުޒާރާ އާއި ސްތެޓިސްޓިކް މޯލްޑިވްސް އިން އާއްމުކުރި ތަފާސް ހިސާބަށް ބަލާއިރު، މީގެ ކުރިއާ ހިލާފަށް ރާއްޖޭގައި މީހުން ވިހާ އުމުރުފުރައަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ. 

މިދިޔަ އަހަރު ރާއްޖޭގައި 5،625 ކުދިން އުފަންވިކަމަށް ދައްކާއިރު، އޭގެ ތެރޭގައި ހިމެނެނީ 2،835 ފިރިހެން ކުދިންނާއި 2،789 އަންހެން ކުދިންނެވެ. ތަފާސްހިސާބަށް ބަލާއިރު އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރުފުރާއިން ދަރިން ހޯދި މީހުންގެ އަދަދު 1،794 ގައި އުޅޭއިރު ދެން އެންމެ ގިނައިން ދަރިން ހޯދި އުމުރުފުރައަކީ 25 އަހަރާއި 29 އަހަރާ ދެމެދެވެ. އެ އުމުރުފުރާއިން 1،561 މީހުން ދަރިން ހޯދިއިރު އެންމެ ދަށް އުމުރުފުރައަކީ 15 އަހަރާއި 19 އަހަރާ ދެމެދެވެ. އެ އުމުރުފުރައިން ވިހޭ މީހުންގެ އަދަދު އުޅެނީ 65 ގައެވެ.

ދަރިން ހޯދި އުމުރުފުރާ..

ދިވެހިރާއްޖޭގެ އާބާދީއަށް ބޮޑު ބަދަލުތަކެއް އަންނަމުންދާއިރު، 2050 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 14 އިންސައްތަ އުމުރުން ދޮށީ މީހުންނަށް ވާނެކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ރާއްޖޭގެ އާބާދީގެ ކުރިމަގަށް ބަލާއިރު ސީރިއަސް މައްސަލަތަކެއް ހުރިކަމަށް ކަމާބެހޭ އިދާރާގެ ލަފާކުރުންތަކުން ވަނީ ހާމަވެފައެވެ. މީގެ ތެރެއިން އެންމެ ފާަހގަކޮށްލެވެނީ ކުރިއަށްއޮތް 10 އަހަރު ފަހުންވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ އިތުރުވަމުންދާ ދިއުމެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީގައި ނުކުޅެދުންްްްްތެރިކަން ހުންނަ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވެ އެކަމަށް ކުރާ ހޭދަ އިތުރުވަމުންދާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.