އެމްޑީޕީ ޕްރެސްގެ ސްކްރީންޝޮޓެއް
ހަބަރު
09 Aug 2026 | 13:04
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ

އަންނަ ބްރާސްފަތިދުވަހުގެ އެމްޑީޕީގެ މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ މާލެ ތެރޭގައި ރައްޔިތުންނަށް މުޒާހަރާގެ އަޑު އިވޭހިސާބުގައިކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މުޒާހަރާއާ ގުޅޭގޮތުން އެޕާޓީގެ ފަރާތުން މިއަދު ފުލުހުންގެ މަރުކަޒު ކައިރީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، ބޭނުން ވަނީ މަޖީދީމަގުން މުޒާހަރާ ކުރިއަށްގެންދަން ކަމަށެވެ.

އެމްޑީޕީން މުޒާހަރާ ކުރިއަށްގެންދަނީ ޤާނޫނީ އިމުގެ ތެރެއިން ހިޔާލްފާޅުކުރުމުގެ މިނިވަންކަމުގެ ދަށުންކަން ފާހަގަކުރައްވަމުން އަމީން ފައިސަލް ވިދާޅުވީ، މާލެ ވަށައިެގންވާ މަގުގައި މުޒާހަރާ ކުރުމުން އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށެވެ. އޭގެ ބަދަލުގައި މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ ފާޅުކުރާ ޝުއޫރުގެ އަގު ރައްޔިތުންނަށް އިވޭނޭކަމަށާއި، ބޭނުމަކީ ވީހާވެސް ގިނަބަޔަކަށް ކަންބޮޑުވުންތައް އަޑުއިއްވުންކަމަށެވެ. 

އަޅުގަނޑުމެން މިފަހަރު އުއްމީދު އެބަ ކުރަން މިފަހަރު ދެއްވާނެކަމަށް، އެހެންނޫންނަމަވެސް މި ވޭތުވެދިޔަ ތިން ފަހަރުވެސް މިގޮތަށް ފުލުހުން އެދިވަޑައިގަތުމަށް އެމްޑީޕީއާ އެއްކޮށް ބައްދަލުކޮށްފައި އެ ހުއްދަ ނުދެނީ. ދެން އެހެންނަމަވެސް މިފަހަރު ތަފާތުވާނެ ވާހަކަ އެބަ ވިދާޅުވޭ. މިއަދު އަޅުގަނޑުމެން، އެ އަޅުގަނޑުމެންގެ މުޒާހަރާގެ ރޫޓް ފުލުހުންނާ ހިއްސާކުރާނަން. ދެން ވާގޮތެއް އިނގޭނީ ފަހުން

އަމީން ފައިސަލް

އެމްޑީޕީން ބުނީ އެޕާޓީން އުޅެނީ ރީތި ހިނގާލުމެއް ބާއްވަން ނޫންކަމަށާއި، މިއީ ވަކި މަގްސަދެއް ހާސިލްކުރުމަށް ބައްވާ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ. އެގޮތުން މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ބާޒާރުގައި ތަކެތޫގެ އަގުތައް މައްޗަށްދާކަމަށް ބުނެ، އެމްޑީޕީން ބާއްވާ "ދަތިވެއްޖެ" މުޒާހަރާ ފެށުމަށް ހަމަޖައްސާފައިވަނީ އޮގަސްޓް 13 ވާ ބްރާސްފަތި ދުވަހުގެ ރޭ 20:30 ގައި ޒުވާނުންގެ މަރުކަޒު ސަރަހައްދުންނެވެ. 

ކޮމެންޓް
ދޮންދުބުރިމާ
ތިޔަ ގޮތަށް ތިކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ މިޒަމާނުގައި އަޑުއިވޭނެ ގޭތެރޭގައި އޮވެގެން ވެސް އެންމެ ބަޓަނަކަށް ފިތާލީމަ ވެސް
09 Aug 2026
އަޑަފި
މުޒާހަރާކުރަނީ ސަރުކާރަށް އަޑުއްއިއްވާށޭ ކިޔަނީ. ރައްޔިތުން ބޭނުމެއްނުވޭ މާލެތެރެ ހަލަބޮލިކުރާކަށް. ސިޔާސީމަންފާހޯދުމަށް ތިޔަކުރާކަމެއް ރައްޔިތުންނަށް އުނދަގޫ ނުވާގޮތައްކުރައްވާ،
09 Aug 2026
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.