އިންނަމާދޫގައި ފެންގަނޑު ބޮޑުވެފައި.. ފޮޓޯ: ރައްޔިތުންގެ ނޫސް
ހަބަރު
16 Sep 2026 | 19:32
އިންނަމާދޫއަށް ބޯކޮށް ވާރޭވެހި 13 ގެއަކަށް ފެންވަދެއްޖެ

މިއަދު މެންދުރުފަހު ރ. އިންނަމާދޫއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އެ ރަށުގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން އިންނަމާދޫން ވާހަކަދެއްކި މީހަކު ބުނީ، މެންދުރުފަހު 1:30 ހާއިރުން ފެށިގެން ވެހެމުންދިޔަ ވާރެއާ ގުޅިގެން އެ ރަށުގެ ފުޓުސަލް ދަނޑު ހިމެނޭ ސަރަހައްދުގައި ދޮޅު ފޫޓަށް ވުރެ މައްޗަށް ފެންގަނޑު އެރި ކަމަށެވެ.

އެ ސަރަހައްދުން 13 ވަރަކަށް ގެއަށް ފެންވަދެފައިވާ އިރު އޭގެ ތެރެއިން ދެ ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ގެއްލުން ލިބުނުކަމަށް އޭނާ ބުންޏެވެ..

ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކެއްގެ ފާޚާނާތައް ބްލޮކްވެ މަގުތަކުގައި ހުރި ޖަންކްޝަންތަކުން ނަޖިސް ބޭރުވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ހަމައެއާ އެކު އެ ސަރަހައްދުގައި ޤާއިމުކޮށްފައި ހުރި ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންގެ މައްޗަށް ވެސް ފެންގަނޑު އަރާފައިވެއެވެ.

އިންނަމާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީމް ވިދާޅުވީ ފެންބޮޑުވި ސަރަހައްދަކީ ކޮންމެ މޫސުމީ ވިއްސާރައެއްގައި ވެސް މި މައްސަލަ ތަކުރާރުވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި 50 އަށް ވުރެ ގިނަ ގެ ހުންނަ ކަމަށެވެ.

އެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާ ކަން ވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ފެންގަނޑު ހިންދުމުގެ މަސައްކަތުގައި ކައުންސިލާއި ފުލުހުންނާއި އެ ރަށުގައި މަޝްރޫޢުތައް ހިންގަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންނާއި ރައްޔިތުން ގުޅިގެން ކޯރު ކަނޑައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟